logo
Bank of Maldives

Bank of Maldives

ޚަބަރު

ރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި

އައިޝަތު ނަޝާ
11 އޮކްޓޯބަރު 2025 - 16:56
ރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕ.ީއެސް.އައި.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި ގާތުން ބައްދަލު ކުރައްވާ ކަންކަން ސާފުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގައ،ި ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓި ބާރަށް ކުރިއަށް ގެންދިއުމަށްޓަކައ،ި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ގެނެސްފައިވަނީ، 10 އޮކްޓޯބަރ 2025 ވަނަ ދުވަހު ކަމަށް އެމްޓިސީސީ އިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދެންނެވި ބޮޑު ހިލައިގެ އަދަދަކީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕ.ީއެސ.ްއައ.ިޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދު ކަމަށް އެމްޓިސީސީ އިން ބުނެއެވެ.އަދ،ިމި ޝިޕްމަންޓްތައް ގެނެވި އެ ކުންފުންޏާއި ހަވާލުކުރެވިފައިވާ ގިނަގުނަ މަޝްރޫޢުތައް ނިމިގެންދިޔުމާއެކު،ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު ޢާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ޕ.ީއައ.ިއެސ.ްޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓްގައ،ި 56,450 ޓަނުގެ ބޮޑު ހިލަ ރާއްޖެއަށް އެތެރެކުރެވިފައި ވާ ކަމަށާއި، މި ޝިޕްމަންޓުން ގެނެވިފައިވާ ބޮޑު ހިލަ އެންމެ ފުރަތަމަ ފޯރުކޮށްދެވިފައި ވަނީ ބ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫޢުގެ އިތުރުން ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ވެސް މި ބޮޑު ހިލައިގެ ޝިޕްމަންޓުން ހިލަ ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްޓީސީށި އިން މައުލޫމާތުދެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | ދުވަހެއް ކުރިންރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި ޚަބަރު | 3 ދުވަސް ކުރިންސަމާލުވޭ! އެމްޓީސީސީގެ ސްމާޓް ކާޑެއް ލިބޭނެކަމަށް ބުނެ ސްކޭމެއްޚަބަރު | 4 ދުވަސް ކުރިންބޮޑުތަކުރުފާނުމަގު ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފިޚަބަރު | 5 ދުވަސް ކުރިން