logo
Bank of Maldives

Bank of Maldives

ޚަބަރު

ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނަކުން ފޮޓޯ/ވީޑިއޯ ލީކުވިކަމަށް ކުރަނީ ދޮގު ތުހުމަތެއް: ފުލުހުން

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޮކްޓޯބަރު 2025 - 14:50
ފޮޓޯ: ސަން
ފޮޓޯ: ސަން

ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނަކުން ފޮޓޯ/ވީޑިއޯ ލީކުވިކަމަށް ކުރަނީ ތުހުމަތަކީ ދޮގެއްކަމަށަ ފުލުހުން ބުނެފިއެވެ.

ފުލުހުންނަށް އިންޒާރުދޭ މައްސަލާގައި ހިފެހެއްޓި ފޯނަކުން، އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ ފޮޓެއް ލީކުވިކަމަށް ފޯނުގެ ވެރިފަރާތުން ވަނީ ފުލުހުންގެ މައްޗަށް ތުހުމަތުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ މައްޗަށް މިތުހުމަތުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އަދި ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭތަކެތި ބަލަހައްޓަނީ ބައިނަލްއަގްވާމީ މިންގަނޑަށްކަމުގެ ޔަގީންކަން އެެެއިދާރާއިން ވަނީ ދީފައެވެ.

''ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރާ މައްސަލަތަކާއި ގުޅިގެން ހޯދާ ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައި އޮންނަ ހަރުދަނާ އުސޫލުތައް ވަނީ ގާއިމުކުރެވިފައި، އެހެންކަމުން ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޮބައިލް ފޯނަކުން މައުލޫމާތެއް ލީކްވުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަން'' ފުލުހުން ބުނެފަވެއެވެ.

އެހެންކަމުން ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތުތަކެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާ އެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދު ވެސް އިސްކަންދެވޭ ކަންކަންކަމަށް ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފިޚަބަރު | ދުވަހެއް ކުރިންކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފިޚަބަރު | ދުވަހެއް ކުރިންމޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި ޚަބަރު | ދުވަހެއް ކުރިންއަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތް މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ސީޕީޚަބަރު | 2 ދުވަސް ކުރިން