logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދު ފެށުނީ ޤައުމުގެ މުސްތަޤްބަލް ޙަޤީޤީ މާނައިގައި އުޖާލާކުރުމުގެ ޞަފްޙާއެއް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޮކްޓޯބަރު 2025 - 11:23
މިއަދު ފެށުނީ ޤައުމުގެ މުސްތަޤްބަލް ޙަޤީޤީ މާނައިގައި އުޖާލާކުރުމުގެ ޞަފްޙާއެއް: ރައީސް

ޤައުމުގެ މުސްތަޤްބަލް ޙަޤީޤީ މާނައިގައި އުޖާލާކުރުމަށްޓަކައި އައު ޞަފްޙާއެއް މިއަދު ފެށިގެން ހިނގައްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ވާހަކަފުޅުގައި، ޤައުމުގެ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ، މުސްތަޤްބަލު އުޖާލާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވަށައިޖެހޭ ޙަޤީޤީ ތަރައްޤީއެއް ޤައުމަށް ލިބޭނީ އެގޮތަށް މަސައްކަތްކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރުމަކީ، އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވާ ހަމައެކަނި ވާހަކައަކީ. އޭރުން ވަށައިޖެހޭ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް އެ ހާސިލުވަނީ." ރައީސް ވިދާޅުވިއެވެ.

ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާއި މާލެއާއި އެކި ތަންތަނުގައި ރައްޔިތުންނާ ބައްދަލުވުމުން ރައްޔިތުންގެ ތަރައްޤީގެ އެދުންތަކުގެ ދިގު ލިސްޓެއް ލިބިވަޑައިގަންނަވާ ކަމަށާއި، އެކަންކަމަކީ ބޭނުންޖެހިފައި ހުރި ކަންކަން ކަމަށާއި ސަރުކާރުން އެކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ޙަޤީޤީ ތަރައްޤީއަކީ ހަމައެކަނި ޢިމާރާތްތަކުން ނުވަތަ ފެންނަ ބަދަލުތަކުން ހާސިލުވާ ތަރައްޤީއެއް ނޫން ކަމަށާއި، އިސްލާމްދީނުގައި ބުނެފައިވާ ގޮތަށް މުސްލިމުންގެ ގޮތުގައި ކުރިއަށް ދިއުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ކުޑަ މުޖުތަމަޢެއް ކަމަށާއި، 5 ލައްކައެއްހާ މީހުން ދިރިއުޅޭ މި ޤައުމުގެ އެންމެންނަކީ އެކަކު އަނެކަކު ދަންނަ، ތިމާގެ ނޫނީ ރައްޓެހި ނޫނީ އެކުގައި މަސައްކަތްކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކުޑަ މުޖުތަމަޢުގެ ތެރެއިން ދީނާ ބީރައްޓެހި، ނުވަތަ ދީނުގައި މަނާކުރައްވާފައި ހުރި ކަންކަން ދޫކޮށްލުމަކީ، އެންމެން އެކަތިގަނޑަކަށް ވެއްޖެނަމަ، ދާދި ފަސޭހަކަމެއް ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މިއީ ހިތުން އެކަން ޤަބޫލުކޮށްގެން، އަތާއި ދުލުން ކުރެވެން އޮތް ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤައުމެއްގެ ޙާލަތު ބަދަލުވާނީ، އެ ޤައުމެއްގެ ރައްޔިތުން، އެ ޤައުމެއްގެ އަހުލުވެރިން، އެ މުޖުތަމަޢެއްގެ އަހުލުވެރިން އެގޮތަށްދާން، ކުރިއަށްދާން ބޭނުންވަންޏާ،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންވެސް މި އައު ޞަފްޙާ ޤަބޫލުކުރައްވައި އެންމެން އެކަތިގަނޑަކަށްވެގެން ކުރިއަށްދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މުސްތަޤްބަލް އޮތީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް، ހުރިހާ މާނައެއްގައި އެންމެން އެކަތިގަނޑަކަށްވެގެން ކުރިއަށްދާ ކަމުގައިވާނަމައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުތުރުގެ ރަށްތަކުގައި ހުއްޓިފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަނީ ޚަބަރު | 24 މިނިޓު ކުރިންފޭދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެނީ ސްކޫލު މަޝްރޫޢަށްޚަބަރު | 3 ގަޑިއިރު ކުރިންއަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލަށް ދޭ ގްރާންޓް ނިސްބަތުން ބޮޑުވާނެ: ރައީސް ޚަބަރު | 7 ގަޑިއިރު ކުރިން