logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2025 - 05:40
ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ  ހަވާލުކޮށްފި

ށ. ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފިއެވެ.

ކުރިން ށ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް މި ފަޅުރަށް ކޮމަންޑޫ ކައުންސިލާއި ހަވާލުކޮށްފައި ވަނީ ރައީސް ރ.މުހައްމަދު މުޢިއްޒު މިހާރު ށ.އަތޮޅަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގައި ކޮމަންޑޫ އަށް އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތުގައެވެ.

ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފައިވަނީ، ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ފަޅުރަށެއް ކައުންސިލާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެދަށުން، ކޮމަންޑޫ ކައުންސިލުން ހުށަހެޅުމުންނެވެ.

ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކުރެއްވީ، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. ކޮަމަންޑޫ ކައުންސިލްގެ ފަރާތުން ހަވާލުވެލެއްވީ، ކޮމަންޑޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާންއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކުގެ އިޚްތިޞާސުން ބޭރުން ފަޅުރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމުގެ ދަށުން އެކި ރަށްރަށުގެ ކައުންސިލްތަކަށް ފަޅުރަށްތައް އަންނަނީ ދޫކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރޮއްޓަށް އަޅާނުލާ އޮތް އޮތުން ނިމުމަކަށް: ޞިއްޙީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރަނީ ޚަބަރު | 15 މިނިޓު ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 4 ގަޑިއިރު ކުރިންމިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންމިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 4 ގަޑިއިރު ކުރިން