logo
MPL

MPL

ޚަބަރު

މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

އައިމިނަތު މޫސާ
15 އޮކްޓޯބަރު 2025 - 11:51
މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ށ. މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްކަތާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިލަންދޫގައި އިމާރަތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މިލަންދޫ ހޮސްޕިޓަލުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މީގެ އިތުރުން އެރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ދާހިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

ހޮސްޕިޓަލް މަޝްރޫޢުއަކީ 110.87 މިލިޔަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން ، 38,087 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދު ހިމެނޭ 2 ފަންގިފިލާގެ ޢިމާރާތެއް ތަރައްޤީކުރާނެއެވެ.މީގެ އިތުރުން 2,563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ، އެހެނިހެން ޚިދުމަތްތައް ދިނުމަށް ހާއްސަކޮށް އިމާރާތެއް ބިނާ ކުރެ ވޭނެއެވެ. އަދި 3,573 އަކަފޫޓުގެ ސަރަހައްދެއްގައި މުވައްޒަފުން ތިބުމަށް ހާއްސަކޮށް، 2 ފަންގިފިލާގެ އިމާރާތެއްވެސް ބިނާ ކުރެވޭނެއެވެ.

2,078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ސިއްހީ ހިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. އެގޮތުން މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެންދާނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެކެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ހާއްސަ މަރުކަޒުތައް ތަރައްގީކުރުމެވެ. އަދި މިހާރުވެސް އަންނަނީ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެތިބެ، ފުލުހުންގެ ހިދުމަތްތައް ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 12 ގަޑިއިރު ކުރިންމި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށްރިޕޯޓް | 16 ގަޑިއިރު ކުރިންގޭސްފުޅިއެއް ގޮވައި އަލިފާން ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | 2 ދުވަސް ކުރިން'ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 އަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން