logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތީގެމަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީ

އައިޝަތު ނަޝާ
15 އޮކްޓޯބަރު 2025 - 11:22
ކާބޯތަކެތީގެ މަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީ

ކާބޯތަކެތީގެ ހަގީގީ މަންފާ ސިއްޙަތަށް ލިބޭނީ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ޞިއްޙަތަށް ލިބޭނީ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށެވެ. ދިވެހި ބިންތަކުގައި، ޞިއްޙަތަށް އެންމެ ފައިދާހުރި ކާނާ ހޯދޭ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަން ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފޮނުއްވާފައެވެ.

ދަނޑުވެރިކަމަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. އެގޮތުން ދަނޑުވެރިކަމުގެ ކަންކަމަށް ވަކި ޚާއްސަ ވުޒާރާއެއް އުފައްދަވާ، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި، އާލާތްތަކާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ މަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީޚަބަރު | 3 ގަޑިއިރު ކުރިންއަންހެން ކުދިންނަށް މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ޖެހޭ: ފަސްޓް ލޭޑީޚަބަރު | 4 ދުވަސް ކުރިންއަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދޭންޖެހޭ: ފަސްޓް ލޭޑީ ޚަބަރު | މަހެއް ކުރިންހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން ފޮނުއްވައިފިޚަބަރު | 4 މަސް ކުރިން