logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ އާންމު ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އައިޝަތު ނަޝާ
15 އޮކްޓޯބަރު 2025 - 11:27
އައްޑޫ އާންމު ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހަވީރު 6:00އާ ހަމައަށް ކަމަށް ބުނެފައެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވާނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް އެ ފަރާތެއް ރަޖިސްޓްރީކުރި ތަނެއްގައި ކަމަށެވެ. ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކުރުމަށްފަހު ވޯޓުލާންބޭނުންވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.

ޢާންމު ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެއެވެ

Ad by Hajj Corporation

Ad by Hajj Corporation


އައްޑު އަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ އާންމު ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިޚަބަރު | 3 ގަޑިއިރު ކުރިންހުޅުދޫ، މީދޫ އަދި ފޭދުގެ ވޯޓާސް ލިސްޓް ނެރެ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންއައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތް ބަދަލުކުރަން ނަގާ ވޯޓު މި މަހުގެ 25ގައިޚަބަރު | 7 ދުވަސް ކުރިންމީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލީ 6 މީހުންޚަބަރު | 11 ދުވަސް ކުރިން