logo
Bank of Maldives

Bank of Maldives

ޚަބަރު

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު 900 އަށް ވުރެން ގިނަ ޕާސްޕޯޓް ދޫކުރި

އައިމިނަތު މޫސާ
16 އޮކްޓޯބަރު 2025 - 11:06
އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު 900 އަށް ވުރެން ގިނަ  ޕާސްޕޯޓް ދޫކުރި

މިދިޔަ މަހު އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން 960 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 3،884 ޕާސްޕޯޓް ޖުމްލަ ދޫކޮށްފައިވާއިރު 3،897 އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުން މާލޭގައި 2،115 ޕާސްޕޯޓް، ހުޅުމާލޭ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު ޕާސްޕޯޓް ދޫކުރި ރަށްތަކާއި އަދަދުތަކަކީ:

ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް، ހއ. ދިއްދޫ 70 ޕާސްޕޯޓް، ހދ. ކުޅުދުއްފުށި ސިޓީ 144 ޕާސްޕޯޓް، ސ. މަރަދޫ (އައްޑޫސިޓީ) 146 ޕާސްޕޯޓް، ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް، ލ. ފޮނަދޫ 122 ޕާސްޕޯޓް، ރ. އުނގޫފާރު 100 ޕާސްޕޯޓް، ވ. ފެލިދޫ 1 ޕާސްޕޯޓް، ފ. ނިލަންދޫ 1 ޕާސްޕޯޓް، ހއ. އިހަވަންދޫ 11 ޕާސްޕޯޓް، ށ. ފުނަދޫ 57 ޕާސްޕޯޓް، ގދ. ތިނަދޫ ސިޓީ 111 ޕާސްޕޯޓް، ނ. މަނަދޫ 34 ޕާސްޕޯޓް، އއ. ރަސްދޫ 9 ޕާސްޕޯޓް، މ. މުލި 1 ޕާސްޕޯޓް، ބ. އޭދަފުށި 1 ޕާސްޕޯޓް، ތ. ވިލުފުށި 1 ޕާސްޕޯޓް، ތ. ވޭމަންޑޫ 1 ޕާސްޕޯޓް.

މެލޭޝިޔާގެ ކުއަލަލަންޕޫރްގެ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާއިރު 25 ޕާސްޕޯޓެއް ގެއްލިގެން މިދިޔަ މަހު ރިޕޯޓްކުރި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރަށް ރަށުން ޕާސްޕޯޓް ހައްދާ ދޫކުރުމުން ރައްޔިތުންނަށް ބޮޑު ހަރަދުކޮށްގެން މާލެ ނުގޮސް ފަސޭހަ ނިޒާމެއްގެ ތެރެއިން ޕާސްޕޯޓް ނެގޭނެ އިންތިޒާމް ހަމަޖެހިގެންދާކަމަށް ސަރުކާރުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު 900 އަށް ވުރެން ގިނަ ޕާސްޕޯޓް ދޫކުރިޚަބަރު | 5 ދުވަސް ކުރިންމިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިންވަޒީފާ ދިން ފަރާތައް ފިލައިގެން އުޅުނު ފަސް ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 6 ދުވަސް ކުރިންބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފިޚަބަރު | 9 ދުވަސް ކުރިން