ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ލަންކާ މީހާ އަދިވެސް ނުފެނޭ
16 އޮކްޓޯބަރު 2025 - 11:57

މާލެއިން ފުރައިގެން ކ.އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އަވަށްޓެރި ލަންކާއަށް ނިސްބަތްވާ މީހާ އަދިވެސް ނުފެންނަކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި 3 މީހަކު ގެއްލުނެވެ. އޭގެ ތެރެއިން އެކަކު މިއަދު ހެނދުނު ނިޔާވެފައި އޮތްވާ ވަނީ ފެނިފައެވެ. ހާދިސާގައި ނިޔާވެފައިވަނީ ގއ.ދާންދޫ/ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހްމަދު ޝިފާން ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ވަނީ ބުނެފައެވެެ.

Ad by Hajj Corporation
ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45 ހާއިރުއެވެ. ނިޔާވެފައި އޮއްވާފެނުނު މި މީހާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ހަށިގަނޑު ނަގާފައިވަނީވެސް ކަނޑުއަޑިންނެވެ.
ހާދިސާގައި ލަންކާއަށް ނިސްބަތްވާ މީހަކު ގެއްލިފައިވާކަން ހާމަކޮށް ފުލުހުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން އަދިވެސް ދަނީ ކުރަމުންކަމަށެވެ.
މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންދިއެފްއިން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައެވެ.