logo
Bank of Maldives

Bank of Maldives

ވިޔަފާރި

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފި

އައިމިނަތު މޫސާ
22 އޮކްޓޯބަރު 2025 - 06:32
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފި

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ގާއިމްކޮށް ހިދުމަތްދޭން ފަށައިފިއެވެ.

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭންފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ގާއިމްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.


ބީއެމްއެލުން ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ އެ ބޭންކުން ވަނީ ފުޅާކޮށްފައެވެ. މިއާއެކު ލ. އަތޮޅު ވެގެންދާނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރާ 19 ވަނަ އަތޮޅަށެވެ.


އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ 2 ރަށަށެވެ. ބީއެމްއެލްގެ އަމާޒަކީ މިމަހުގެތެރޭ މި ރަށްރަށުގައިވެސް ޚިދުމަތް ގާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.


ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެކަން ފާހަގަކުރައްވާފައެވެ. މިއީ މިހާތަނަށް އެ ބޭންކުން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށާއި މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އެ ބޭންކުން ދެމުންދާ އިސްކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.


މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ދަނީ ހިންގަމުންނެވެ. އަދި 252 އޭޓީއެމްވެސް އެ ބޭންކުން ވަނީ ޤާއިމްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފިޚަބަރު | 8 ގަޑިއިރު ކުރިންލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިވިޔަފާރި | 10 ގަޑިއިރު ކުރިންކުރީ ސަރުކާރުން ކެންދޫ މިސްކިތް ބިނާކުރު ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ: ވަޒީރު ޝަހީމްޚަބަރު | 11 ގަޑިއިރު ކުރިންގަމު ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސަައްކަތް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިން