ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފި
22 އޮކްޓޯބަރު 2025 - 15:16

ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފައި ވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި ދިވެހި ފިރިހެނަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ހުޅުމާލޭގައި ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.އަދި އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ad by Hajj Corporation
އެނގިފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޓީޗަރެކެވެ. އަދި ޖިންސީ ގޯނާ ކުރީ ޓީޗަރު ކުއްޖާގެ ގެއަށް ޓިއުޝަންދޭން ގޮސް އުޅެމުން ނެވެ.އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަކި އެއްޗެއް އަދި ނުބުނެ އެވެ.
ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


