logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ބޮޑު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޮކްޓޯބަރު 2025 - 15:46
ސިނގިރޭޓް ބޮޑު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ ވަނަ މީހާ، ފޮޓޯ: ޕޮލިސް
ސިނގިރޭޓް ބޮޑު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ ވަނަ މީހާ، ފޮޓޯ: ޕޮލިސް

ހުޅުމާލެ ބަނދަރުން ސިނގިރޭޓް ކޮންޓޭނަރުތައް ގެއްލުނު މައްސަލައިގައި 6 ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ފަސްމީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރުކޮށްފައިވަނީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.

އާދަމް ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި އޮކްޓޯބަރު މަހު 15 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭ ގޮތަށް ހަތަރު މީހުންނެވެ. އެއީ މއ. އެވަރގްލޯރީގެ އަޙްމަދު އާރިފް (61)، ދިގަލި، ބ. އޭދަފުށީގެ މުޙައްމަދު ވަޙީދު (65)، ހ. ނިއު ހެޕިނެސްގެ މުޢާޒު ޢަލީ (48) އަދި މެދުރީގެ، ހދ. ވައިކަރަދޫގެ ޒިވާރު އިސްމާޢީލް (40) އެވެ.

އެއިގެ ފަހުން 21 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފަސް ވަނަ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ.

މި މައްސަލަ މިހާތަނަށް 12 މީހަކު ފުރުން ވެސް އޮތީ މަނާކޮށްފައެވެ. 

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން 19 އޮކްޓޯބަރު 2025 ގައި ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި، ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކުރުމަށްފަހު ވަގަށް ނަގާފައިވާ ދެ ކޮންޓޭނަރުގެ ބައިތައް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބުނެ 4 މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންމާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންދައުވާ ނުކުރާ މައްސަލަތަކުގެ ލިޔުންތައް އަހަރު ދުވަސް ފަހުން ނައްތާލެވޭނެ ގޮތް ހަދައިފިޚަބަރު | ދުވަހެއް ކުރިން