logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

އައިމިނަތު މޫސާ
24 އޮކްޓޯބަރު 2025 - 15:53
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

ނޭޕާލް އަންހެނަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ 19 އަހަރެވެ.
 ފުލުހުން ބުނީ ގަޖްމަރ ގެއްލިގެން ހޯދަމުންދަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން ކަމަށެވެ. އަދި ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އިރު އޮއްސި 6:56 ހާއިރު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބުނެ 4 މީހަކު ހައްޔަރުކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންމާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | 15 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންދައުވާ ނުކުރާ މައްސަލަތަކުގެ ލިޔުންތައް އަހަރު ދުވަސް ފަހުން ނައްތާލެވޭނެ ގޮތް ހަދައިފިޚަބަރު | 2 ދުވަސް ކުރިން