logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެ

ޢައްފާން މުޙައްމަދު
23 އޮކްޓޯބަރު 2025 - 06:41
އިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ފުޓުބޯޅަ މެޗެއް ކުޅޭނެކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ.

އެފްއޭއެމް އިން ބުނީ، ފީފާގެ ރައީސް މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން، އެގްޒިބިޝަން މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށާއި މި މެޗުގައި ރައީސް ޑރ. މުއިއްޒުއާއި ފީފާގެ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި އެ ދެ ބޭފުޅުންގެ އިތުރުން ދެން ބައިވެރިވާނީ، ރާއްޖޭގެ ފުޓުބޯޅަ އެކަޑަމީތަކުގެ ކުޅުންތެރިންނާ ޒުވާން ޓީމުތަކުގެ ކުޅުންތެރިންނެވެ. މިއީ ޒުވާން ކުޅުންތެރިންނަށް، އެ ކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

މި ހަރަކާތްތައް އޮންނާނީ 24 ވަނަ ދުވަހުގެ ހަވީރު 16:00 އާއި 18:00 އާ ދެމެދުއެވެ.

ފީފާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއެކު ރަސްމީ ބައްދަލުވުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެފްއޭއެމް އިން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން މަސައްކަތްކުރެވޭނެ މުހިންމު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

އެއްދުވަހަށް އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިންއޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ.

ދާދި ފަހުން އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެޕް ބްލެޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 6 ގަޑިއިރު ކުރިންއިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެކުޅިވަރު | 10 ގަޑިއިރު ކުރިންނޮވެމްބަރު 2 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | 10 ގަޑިއިރު ކުރިންއެމްޑީޕީގެ ސަރުކާރުން ފުނިޖައްސާފައި ހުރި 2.3 ބިލިއަން ރުފިޔާގެ ބިލުތަކަށް ދިހަ ވަރަކަށް ދުވަސްތެރޭ ފައިސާދެނީޚަބަރު | ދުވަހެއް ކުރިން