logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުން ހުށަހަޅާ ކަންކަން ބައްލަވައި, އެކަންތައްތަކަށް އެންމެ އެދެވޭ ހައްލެއް މި ސަރުކާރުން ގެންނާނެ: ރައީސް

އައިޝަތު ނަޝާ
7 ޑިސެމްބަރު 2025 - 17:26
 ރައްޔިތުން ހުށަހަޅާ ކަންކަން ބައްލަވައި, އެކަންތައްތަކަށް އެންމެ އެދެވޭ ހައްލެއް މި ސަރުކާރުން ގެންނާނެ: ރައީސް

މިނިވަން ކަމާއެކީ ރައްޔިތުން ހުށަހަޅާ ކަންކަން ގާތުން ބައްލަވައި އެކަންތައްތަކަށް އެންމެ އެދެވޭ ހައްލެއް މި ސަރުކާރުން ގެންނާނެ ކަމަށާއި،ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ކޮންމެ ކަމަކަށް އެދުނު ކަމުގައިވިޔަސް،ރައްޔިތުން އެދޭ ކަންތައްތަކަށް ފުރިހަމަ ސަމާލުކަންދީގެން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ޑރ. މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އިތުރަށް ވިދާޅުވީ،ރައްޔިތުންގެ ޝަކުވާތައް ގާތުން އައްސަވާނެ ކަމަށާއި ކޮންމެ ހިޔާލެއް، މަޝްވަރާއެއް ނުވަތަ ސިޓީއަކުން ދެންނެވިކަމުގައި ވިޔަސް އެ ފުރުސަތުވެސް ރައްޔިތުންނަށް އެބައޮތް ކަމަށެވެ.

"ކަންބޮޑުވުމެއް ކަމުގައިވިޔަސް، ހިޔާލެއް ކަމުގައި ވިޔަސް، މަޝްވަރާއެއް ކަމުގައިވިޔަސް އަދި ޝަކުވާއެއް ކަމުގައިވިޔަސް ކޮންމެ ކަމެއް ވިޔަސް ވަރަށް މިނިވަންކަމާއެކީގައި ތިބޭފުޅުން ވިދާޅުވުމަކީ އަޅުގަނޑު އެދޭގޮތް. ކޮންމެ ބޭފުޅަކުވެސް ވިދާޅުވާ ކޮންމެ ވާހަކަފުޅަކީވެސް ވަރަށް މުހިންމު ވާހަކަފުޅެއް. އެހެންވީމަ އެކަމަކަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދީގެން އަޅުގަނޑު މަސައްކަތްކޮށްދޭނަން. އެ ޔަގީންކަން އަރުވަން."ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައަމަދު މުއިއްޒު

ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

މާފަންނުގެ ރައްޔިތުންނާ އެކު ރައީސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަން އާންމުންގެ ފަރާތުން ހުށަހަޅާފައިވާއިރު އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ހުށަހަޅާ ކަންކަން ބައްލަވައި, އެކަންތައްތަކަށް އެންމެ އެދެވޭ ހައްލެއް މި ސަރުކާރުން ގެންނާނެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން ގެއްލުމުން އަރައިގަންނަން 7 ބިލިއަން ޑޮލަރު ބޭނުންވާނެ، އެންމެ ބޮޑު އަދަދެއްގެ އެހީއެއްވި ގައުމަކަށް ރާއްޖެޚަބަރު | 11 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ މިރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ!ޚަބަރު | 20 ގަޑިއިރު ކުރިންދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން