logo
MPL

MPL

ޚަބަރު

މޮރިޝަސް އިން ބޮޑާހޭކިނަމަވެސް ޗާގޯސްގެ ހައްގުވެރިއަކީ ރާއްޖެ

އިސްމާޢިލް ރާތިޢު
2 މާރިޗު 2026 - 07:28
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ޗާގޯސް މައްސަލައިގައި މޮރިޝަސް އިން ރާއްޖެއާ ޚާރިޖީ ގުޅުން ކަނޑާލުމަކީ ވަރަށް "އިމެޗުއަރ" އަމައެއް ކަމަށާއި، އެގައުމުން ރާއްޖެއާ ގުޅުން ކަނޑާލިނަމަވެސް ޗާގޯސްގެ ހައްގުވެރި ފަރާތަކީ ރާއްޖެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ނޫސްވެރިންނާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޗާގޯސް މައްސަލައިގެ މައުޟޫޢުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަން ތާރީޚީ ވަރަށް ގިނަ ހެކިތަކަކުން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން، ޗާގޯސްއާ ގުޅޭގޮތުން އެތަނުގެ ޗާޓެއްވެސް އެކުލެވޭ ސިޓީއެއް 16 ވަނަ ގަރުނުގައި 9 ވަނަ ހަސަން ރަސްގެފާނު ލިޔުއްވާފައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗާގޯސް އަކީ ރާއްޖެއާ ވަރަށް ބޮޑު ތާރީޚީ ގުޅުމެއް އޮތް ތަނެއްކަން ރައީސްގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި، ޗާގޯސް އަކީ އިނގިރޭސި ބާރުގެ ދަށުގައި އޮންނަ ތަނެއްކަމުގައި ބާއްވާނަމަ އެއީ ވަކި މައްސަލައެއް ނަމަވެސް، ރައީސް ވިދާޅުވީ އެތަނުގެ ހައްގުވެރި ގައުމާ އެތަން ހަވާލުކުރާނަމަ، ޗާގޯސް ހައްގުވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.

ރާއްޖެއިން މިވަގުތުވެސް އަންނަނީ މިމައްސަލައިގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ކަމަށާއި، މައްސަލަ ހުށަހަޅަންޖެހޭ ހުރިހާ ފަރާތަކަށް ހުށަހެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މިކަމުގައި އިނގިރޭސި ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައްވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުން ވަގުތީ ގޮތުން ކަނޑާލަން ނިންމި ނިންމުމަކީ ވަރަށް "އިމެޗުއަރ" އަމަލެއް ކަމަށާއި، ނަމަވެސް މޮރިޝަސްގެ މިފަދަ އަމަލުތަކުގެ ސަބަބުން ހަގީގަތް ބަދަލުނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 18 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން