logo
Bank of Maldives

Bank of Maldives

ޚަބަރު

ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2025 - 03:33
 ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ފަށައިފި

ޅ. ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިފަރުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢަކީ ރަށުގެ އުމްރާނީ ތަރައްޤީއަށް މުހިންމު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ.

ސަރުކާރުން ވަނީ މި މަޝްރޫޢުގެ ދަށުން ނައިފަރުގެ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށް ވިދާޅުވެފައެވެ. ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި، ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މިއީ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަ ލިބިގެންދާނެ ގޮތަކަށް މަގުތައް ފަރުމާކުރުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުންފުނިތަކާ ހަވާލުކުރައްވައިގެން ބާރަށް ކުރިއަށް ގެންދަވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

23 މަސް ތެރޭ ހުރިހާ ރަށަކަށް، ރައީސް މުއިއްޒު މިއީ ހަމަ ރައްޔިތުންގެ ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކާނާގެ ޔަޤީކަން ކަށަވަރު ކުރުމަށް ކާށިދޫގެ ބިމެއް ހަވާލުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންމައިގަނޑު ދެ ދާއިރާއަކުން ކާށިދޫއަށް މުހިންމު ވައުދުތަކެއްޚަބަރު | 8 ގަޑިއިރު ކުރިންކާށިދޫ ރީހެބް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 8 ގަޑިއިރު ކުރިން