logo
Bank of Maldives

Bank of Maldives

ޚަބަރު

މައިގަނޑު ދެ ދާއިރާއަކުން ކާށިދޫއަށް މުހިންމު ވައުދުތަކެއް

އިސްމާޢިލް ރާތިޢު
28 އޮކްޓޯބަރު 2025 - 05:29
ރައީސް، ކާށިދޫ ރައްޔިތުންނާ މުހާތަބުކުރެއްވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް، ކާށިދޫ ރައްޔިތުންނާ މުހާތަބުކުރެއްވުން- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ކާށިދޫ ރައްޔިރުންނާ ބައްދަލުކުރައްވާ، އެރަށުގެ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މައިގަނޑު ދެ ދާއިރާއަކަށް ބެހިގެންދިޔަ ވާހަފުޅު ފެއްޓެވީ، ކޮންމެ ރަށަކަށްވެސް އެންމެ މުހިންމުވާނެ އެއް ދާއިރާކަމަށްވާ ސިއްހީ ދާއިރާއިންނެވެ. އެގޮތުން ކާށިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅިގެންދާއިރު، މުހިންމު ގިނަ ހިދުމަތްތަކެއް އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން، ރައީސް ދެއްވިއެވެ. އޭގެ ތެރޭގައި އެރަށުގައި ސްކޭން، އެކްސްރޭ އަދި ފިޒިއޮތެރަޕީ ފަދަ ޚިދުމަތްތައް ފެށިގެންދާނެ ކަމުގެ ޔަގީންކަން، ރައީސް ދެއްވިއެވެ. މީގެ އިތުރަށް، ވޯޑަށް އެނދުތަކެއް އިތުރުކޮށް، ނަރުހުންގެ ޖަގަހައަކާއި އެކިކަހަލަ ކްލިނިކަލް ބޭނުންތަކަށް ޖާގަ އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އާދެ، މިއަދު އަޅުގަނޑުމެން ފެށި މަސައްކަތްތަކަށް ބަލާއިރުގަ، ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކާ ހެލްތު ސެންޓަރަށް އިތުރު އިމާރާތެއް އެޅުމަށް މިފެށި މަސައްކަތް ވެގެންދާނީ އަޅުގަނޑު ހިތުން ވަރަށް މުހިންމު މަސައްކަތަކަށް. މުޅިން ވަކިން، ވަރަށް ދުރުގަ ރައްޔިތުން އުޅެމުންދާ މިރަށުގަ ސިއްހީގޮތުން ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ގޮތް ވުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމަ މިއަދު މިފެށިގެންދިޔަ އިމާރާތް އެޅުން ނިމިގެންދާއިރުގަ، އިރާދަކުރެއްވިއްޔާ މިކަހަލަ މުހިންމު ޚިދުމަތްތައް ގާއިމުވެފަ ހުންނާނެ. އެކްސްރޭގެ ހިދުމަތާ، ސްކޭނިންގ ހިދުމަތް ދެވޭ ގޮތަށް މި އިމާރާތް ފަރުމާކުރެވި، މަސައްކަތް ކުރެވިގެންދާނީ. ހަމައެއާ އެކީގަ އިތުރު އެނދުތައް ވޯޑަށް އިތުރުކުރެވި، ނަރސް ސްޓޭޝަން، އެކި ކަހަލަ ކްލިނިކަލް މަސައްކަތްތަކަށް ބޭނުންވާ ޖާގަ، މިފަދަ ކަންކަން ހިމެނިފަ ވާނެ." ރައީސް ވިދާޅުވިއެވެ.

އެއަށްފަހު، ރައީސް ވަނީ މިއަންނަ އަހަރަށް ސަރުކާރުން އެކުލަވާލާ ބަޖެޓުގައި ކާށިދޫގައި އެންމެ މުހިންމު ކަމެއް ދީގެން ކުރެވޭ މަސައްކަތުަކަށް، ރަށުގެ ބަނދަރުގެ މަސައްކަތް ހައްްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އެންމެ މުހިންމުކަމެއް ދެއްވައިގެން ދެން އަލިއަޅުވައިލެއްވީ، ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށެވެ. އެގޮތުން، ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވަނީ މި މަސައްކަތަށް ކުރެވުނު ފުތަރަމަ އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިންވެސްޓަރުންނަށް އިތުރު ލުއިތަކަކާއެކު މި މަޝްރޫޢަށް އިންވެސްޓުކުރަން އަލުން ހުޅުވާލާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

މި މަޝްރޫޢު ހިނގައިގަތުމުން މިކަން ވެގެންދާނީ ރަށުގެ އިގުތިސޯދީ ތަރައްގީގެ އިތުރުން ވަޒީފާގެ ފުރުސަތުތައްފަދަ އެތައް ކަމަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަކަށް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2000 އެއްހާ ރައްޔިތުން ދިރިއުޅޭ ރަށެއް، އެހެން ރަށްތަކާ ވަކިން އޮންނައިރު ރަށުގެ ކައިރިން ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިއުމަކީ ޒަރޫރީކަމެއް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކާށިދޫގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އެރަށު ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ އިތުރުން، އެރަށުގައި ލޯކަލް ޓޫރިޒަމް، ނުވަތަ ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ރަށު ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން. ރައީސް ދެއްވިއެވެ.

ކާށިދޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކެރެވެމުންދާ މަސައްކަތްތަކަށް ބައްލަވާލެއްވުމަށްފަހު، ރައީސްވަނީ މިކަން ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ހާމަކުރައްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވީ ކާށިދޫ އޮންނަނީ ސްޓްރެޓެޖިކަލީ ކިތަންމެ މުހިންމު ލޮކޭޝަނެއްގައި ކަމުގައި ވީނަމަވެސް އެހެން ރަށްތަކާ ދުރުކަމުން އެރަށުގައި ފަތުރުވެރިކަމަށް އިންވެސްޓުކުރާނެ ފަރާތްތައް ލިބުން ދަތިވުންވެސް އެއީ ވެދާނެ ކަމެއް ކަމަށެވެ.

ފަތުރުވެރިކަމަށް އިންވެސްޓުކުރުމުގެ އިތުރުން. ރަށުގެ ރައްޔިތުންގެ އާންމު ދަތުރުފަތުރަށް ލުއިކަމެއް ހޯދައްދެއްވުމުގެ ގޮތުން އާރުޓީއެލްގެ ހިދުމަތް ކާށިދޫގައި ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވައިގެ ދަތުރުތައް ފަސޭހަކުރުމަށް ކާށިދޫއަށް ސީޕްލޭން ދަތުރުތައް ޝެޑިއުލްކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ، ކާށިދޫގެ ތަރައްގީގައި ހަގީގީ ގޮތުން ކުލަޖައްސައްދެއްވާ، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ ކާމިޔާބީއެއް ހާސިލްވި ދަތުރުފުޅަށްފަހު ރައީސް މާލެއަށްޚަބަރު | 5 ގަޑިއިރު ކުރިން23 މަސް ތެރޭ ހުރިހާ ރަށަކަށް، ރައީސް މުއިއްޒު މިއީ ހަމަ ރައްޔިތުންގެ ރައީސްޚަބަރު | 8 ގަޑިއިރު ކުރިންކާނާގެ ޔަޤީކަން ކަށަވަރު ކުރުމަށް ކާށިދޫގެ ބިމެއް ހަވާލުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންމައިގަނޑު ދެ ދާއިރާއަކުން ކާށިދޫއަށް މުހިންމު ވައުދުތަކެއްޚަބަރު | 13 ގަޑިއިރު ކުރިން