logo
Bank of Maldives

Bank of Maldives

ޚަބަރު

2026 ގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރަނީ 374 މިލިއަން ރުފިޔާ

އާމިނަތު ޝަފާ
2 ނޮވެމްބަރު 2025 - 11:21
2026 ގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރަނީ  374 މިލިއަން ރުފިޔާ

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 374 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 324 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި ފައިސާގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު ޑޮނޭޝަންގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މީގެތެރެއިން ބައިލެޓަރަލް ޕާޓްނަރުންގެ އަތުން 85 މިލިއަން ރުފިޔާ ހިލޭ އެހީއަށް ލިބޭނެ ކަަމަށް ލަފާކޮށްފައިވާއިރު އިންޑިއާއިން 73 މިލިއަން އިނގިރޭސި ވިލާތުން 4 މިލިއަނާއި ޖަޕާނުން 3 މިލިއަން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިއީ 2025 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.

މިއަހަރަށް ވުޒާރާއިން ލަފާކުރީ، 2.6 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ 2026 ވަނަ އަހަރުގެ ދަރަނި ދެއްކުމަށް ސޮވްރިން ފަންޑުން 4.2 ބިލިއަން ރުފިޔާ ބޭނުންކުރަން ސަރުކާރުން މިހާރު ނިންމާފައިވާއިރު އެއްވެސް ދައްޗެއްނެތި ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ސަރުކާރުންވަނީ ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަބްސިޑީއަށްކުރި ހޭދަ 3 ބިލިއަނަށް ޚަބަރު | 2 ގަޑިއިރު ކުރިން2026 ގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރަނީ 374 މިލިއަން ރުފިޔާޚަބަރު | 20 ދުވަސް ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 23 ދުވަސް ކުރިންދައުލަތުގެ ޚަރަދުތައް 15.3 އިންސައްތަ ދަށްކޮށް، 186.7 މިލިއަން ރުފިޔާގެ ސަރޕްލަސް އެއްގައިޚަބަރު | މަހެއް ކުރިން