logo
Bank of Maldives

Bank of Maldives

ޚަބަރު

މަސައްކަތުގެ މާޙައުލުގައި، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދިނުމަށް ރައީސްގެ އިލްތިމާސެއް

އައިޝަތު ނަޝާ
4 ނޮވެމްބަރު 2025 - 12:16
މަސައްކަތުގެ  މާޙައުލުގައި، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދިނުމަށް ރައީސްގެ އިލްތިމާސެއް

މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާޏު މިފަދައިން އިލްތިމާސްކުރެއްވީ، އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި މީހުންނަށް ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ޕޯސްޓުގައި ވަނީ، އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޢަލީ އަފްލާޙް ޢަބްދުﷲ އާއި މަސްޢޫދު ޙުސައިން ނިޔާވުމާއި ގުޅިގެން އެމީހުންގެ އާއިލާއާއި، އެމްޕީއެލްގެ ކުންފުނީގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ނިޔާވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ވަނީ ދުއާކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު މާލޭ ވިޔަފާރި ބަނަދަރު ކައިރިން ސަރަޙައްދާ ދިމާއިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގެ އެތެރޭ ތަހުޤީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. އަދި މި ހާދިސާގައި ބަޔަކު ނިޔާވުމުގެ އިތުރުން، އިތުރު ބަޔަކަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓަށް ރައީސް މުއިއްޒުޚަބަރު | 5 ގަޑިއިރު ކުރިންރައީސް، ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންއިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ހަތަރުވަނަ ސެޝަން ބާއްވައިފިޚަބަރު | 14 ގަޑިއިރު ކުރިންފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުން: ރައީސްޚަބަރު | 14 ގަޑިއިރު ކުރިން