logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކުގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ނޮވެމްބަރު 2025 - 19:51
ފުވައްމުލަކުގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކު ސިޓީއަށް މިހާރުކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ސިޓީގެ ތަރައްޤީގެ އާ ބާބެއް ފެށިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައިފިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި 11 މަޝްރޫޢެއްގައި ސޮއިކުރެވިފައިވާއިރު، ސިޓީގެ ތަރައްޤީއާ ގުޅުންހުރި 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމަވައިދެއްވާނެކަމަށް ތަކުރާރުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށްޓަކައި، ދެކުނުގެ 4 އަތޮޅުގެ ކުނި ނައްތާލުމަށް ވެމްކޯއަށް ވަކި ރަށެއް ހަމަޖައްސައިދެއްވައި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއް ފެށިފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން ފުވައްމުލަކަށް ގެނެސްދެއްވާނެ ތަރައްޤީއަށް އަލިއަޅުއްވައިލައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފުވައްމުލަކު ސްކޫލަށް 16 ކުލާސްރޫމާއެކު ލެބްތައް ހިމެނޭހެން އިތުރު ތަރައްޤީ ގެނެސްދެއްވުމުގެ މަޝްރޫޢެއްގައި ސޮއިކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ޞިއްޙީ ދާއިރާއިން ފުވައްމުލަކަށް ކުރިއެރުން ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ފަންޑުން ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި ފެށޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު ފުވައްމުލަކުގައި ސީޓީ ސްކޭނިންގް ޚިދުމަތް ދޭން ފަށާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން، ކުރިން ހުއްޓިފައި އޮތް 400 ހައުސިންގް ޔުނިޓްގެ މަސައްކަތް ފަށައިގަނެވިފައިވާކަމަށާއި، 500 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ ވަޢުދުފުޅުގެ ތެރެއިން 75 ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ފުވައްމުލަކުގެ ބަނދަރުގެ މައްސަލަވެސް ހައްލުކޮށް، ސިޓީ ހޮޓާ ތަރައްޤީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަރަންޓުގެ މައްސަލައަށް ރަމަޟާން މަހުގެ ކުރިން ހައްލެއް ލިބި، މުޅި ސިޓީއަށް ބޭނުންވާ ކަރަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރައްވާނެކަމުގެ ވަޢުދުވެސް އެމަނިކުފާނުވެ ވަޑައިގެންނެވިއެވެ. ކުޅިވަރާއި ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުންވެސް ސިޓީއަށް ކުރިއެރުން ގެނެސްދެއްވާނެކަމަށާއި، ފުވައްމުލަކު އެއަރޕޯޓްގައި ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިން''މުސާރަ ބޮޑުކުރީ ބޮޑު ދިރާސާއަކަށްފަހު، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށް އަންނަ އަހަރު މުސާރަ ބޮޑުވާނެ''ޚަބަރު | 3 ގަޑިއިރު ކުރިން''ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި''ޚަބަރު | 5 ގަޑިއިރު ކުރިންރައީސް، ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިން