logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ ޑެބިޓް ކާޑުން ނަގާ މާޗަންޓް ފީ ކުޑަކޮށްފި

އިސްމާޢިލް ރާތިޢު
10 ނޮވެމްބަރު 2025 - 05:54
ބީއެމްއެލް
ބީއެމްއެލް

ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) 1% އަށް ކުޑަކޮށްފިއެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިބަދަލަކީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލެއް ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޚިދުމަތް 2000 ވަނަ އަހަރު ތަޢާރަފުކުރި ފަހުން މިހާތަނަށްވެސް މި ރޭޓު ހިފެހެއްޓިފައި އޮތީ 2.5% ގައެވެ. އެހެންކަމުން މިއީ ބީއެމްއެލް އިން ޑެބިޓް ކާޑޫގެ ޚިދުމަތްދޭން ފެށިފަހުން މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރެވެ. މި ބަދަލުގެ ސަބަބުން ީއެމްއެލްގެ ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ، އަދި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށާއި އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު ފަޚުރުވެރިވާ ކަމަށެވެ.

އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތަޢާރަފުކޮށްފައެވެ. ރަހުނަކާ ނުލާ ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލުމަށްފަހު، 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓު، 1000 ޑޮލަރަށް އިތުރުވާނެ ކަމަށާއި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރުވެސް މަހަކު 3000 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ބޭންކުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ޑެބިޓް ކާޑުން ނަގާ މާޗަންޓް ފީ ކުޑަކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފިޚަބަރު | 5 ގަޑިއިރު ކުރިންލޯނު ދޫކުރަނީ ކްރެޑިޓް ޕޮލިސީތަކާއި އެމްއެމްއޭގެ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް: ބީއެމްއެލްޚަބަރު | 21 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް ބީއެމްއެލުން 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިޚަބަރު | ދުވަހެއް ކުރިން