logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް ބީއެމްއެލުން 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އާމިނަތު ޝަފާ
9 ނޮވެމްބަރު 2025 - 11:10
ބީއެމްއ
ބީއެމްއ

އަހަރުގެ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސްއިން 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އަހަރުގެ މިހާތަނަށް ލޯނު ދޫކުރި މިންވަރު އިތުރުވެފައިވާއިރު، ތިންވަނަ ކުއާޓަރ ނިމުނުއިރު  ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯނުތަކުގައި ދާއިރާތައް:

• ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ

• އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ

• ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ

• ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ

• ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ

• އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ

ބޭންކުން ބުނީ އެ ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުންކަމަށެވެ. މިގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް ދޫކުރާ ލޯނުތަކެއްކަމަށާއި އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ އަށްވެސް ބަލާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ބޭންކުން ބުނީ ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާކަމަށެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެކަމަށާއި ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެކަން ބޭންކުން ފާހަގަކުރެއެވެ.

ބީއެމްއެލްގެ އެންމެފަހުގެ މާލީބަޔާނަށް ބަލާއިރު، ނިމިގެންދިޔަ ތިންވަނަ ކުއާޓަރުގައި އެ ބޭންކަށް ވަނީ 475 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ. މި މުއްދަތުގައި ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯނު ދޫކުރަނީ ކްރެޑިޓް ޕޮލިސީތަކާއި އެމްއެމްއޭގެ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް: ބީއެމްއެލްޚަބަރު | 5 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް ބީއެމްއެލުން 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިޚަބަރު | 6 ގަޑިއިރު ކުރިން ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ 23.7 ބިލިއަނަށް އަރާޚަބަރު | 12 ގަޑިއިރު ކުރިންޤައުމީ ތަރައްގީގައި ޤައުމީ ބޭންކުގެ ހިއްސާބޮޑު، އުސޫލާ ޚިލާފަށް ލޯނު ދޫނުކުރަން: ބީއެމްއެލްޚަބަރު | 12 ގަޑިއިރު ކުރިން