logo
Bank of Maldives

Bank of Maldives

ޚަބަރު

"ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެ، ޖުޑީޝަރީގެ މައްޗަށް ރައީސްގެ ޔަގީންކަން

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ނޮވެމްބަރު 2025 - 09:35
"ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެ، ޖުޑީޝަރީގެ މައްޗަށް ރައީސްގެ ޔަގީންކަން

 

"ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެކަމަށް ވިދާޅުވެ، ކޯޓު މަރުހަލާގައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ޖުޑީޝަރީއަށް ގޮވާލައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަނީ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު މިކަން ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމުގައި ފާހަގަކުރައްވާފައެވެ.

"ވާނުވާ ބަންދު"ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް މި ރޮނގުން ކުރައްވާފައިވާކަމަށެވެ. މިކަމަށް އިސްކަންދެއްވައިގެން ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓު ކަނޑައަޅުއްވާއިރު ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައިވަނީވެސް، ޝަރުޢީ ކަންކަން އަވަސްކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައިކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު ފުރިގެންދިޔަ މި ދުވަހު، ރައީސް ވިދާޅުވީ ރައްޔިތުންނަށް މުހިންމު ވާނީ ރައްޔިތުންގެ ޙައްޤުތައް އަދާވެގެން ދިއުންކަމުގައެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޒިންމާދާރު، ޢަދުލުވެރި އަދި އިންސާފުވެރިގޮތެއްގައި ވެރިކަން ކުރެއްވުމަށް ކަމަށާ، ޢަދުލުވެރިވެވޭނީ އޭގެ އެންމެ ފުރިހަމަ މާނާގައި އެކަން ކުރަން އުޅެގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދަށް އިސްކަންދީ ކުރެވުނު މަސައްކަތުން އެކަން ވަނީ ފެށިފައި: ރައީސްޚަބަރު | 21 މިނިޓު ކުރިން"ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެ، ޖުޑީޝަރީގެ މައްޗަށް ރައީސްގެ ޔަގީންކަންޚަބަރު | 4 ގަޑިއިރު ކުރިންމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު 34 ބޭފުޅަކަށް މިއަދު ދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 97 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވައިފިޚަބަރު | 6 ގަޑިއިރު ކުރިން