logo
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްBank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީން މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފި

އާމިނަތު ޝަފާ
13 ނޮވެމްބަރު 2025 - 05:55
ފަލަސްތީން މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ.

މި ރަމްޒީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާއާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙުމަދު ތާރިޤެވެ. ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު މިރޭ ކުޅެވޭ އެކުވެރިކަމުގެ މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަނޑަށް ވަޑައިގަންނަވާނެއެވެ. މި ދެ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ. ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފް.އޭ.އެމުން ހާމަކުރައްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ރާއްޖޭގައި ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ރައީސް މުޢިއްޒު އަންގަވައިފި ޚަބަރު | 4 ގަޑިއިރު ކުރިންފަލަސްތީން މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންރައީސް ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިޚަބަރު | 19 ގަޑިއިރު ކުރިންގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ރައީސް ފާހަގަކުރެއްވީ ތަރައްޤީގެ ޞަފުޙާއެއްގެ ގޮތުގައި ޚަބަރު | 20 ގަޑިއިރު ކުރިން