logo
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްBank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އާމިނަތު ޝަފާ
13 ނޮވެމްބަރު 2025 - 09:36
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 97 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

"އޮޕަރޭޝަން އަލިމަގު" އަދާހަމަ ހާމަކުރަމުން ފުލުހުން ބުނީ އޮޕަރޭޝަނުގައި މިހާތަނަށް 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލައި ފާސްކުރަމުން ދިޔަ ތަންތަނުގެ ތެރެއިން 86 ތަނެއް ބަލައި ފާސްކޮށް ނިމިފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި ބަލައިފާސްކުރަމުންދާ ތަންތަނުން މަސްތުވާތަކެއްޗާއި ވިޔަފާރިކުރުމުގައި ބޭނުންކުރާ ތަކެއްޗާއި ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށީ މިއަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާއިރު، ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށް އިސްކަންދެއްވައިގެން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ސަލާމަތްކުރުމަށް އަމާޒުކޮށް ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކުރައްވާފައެވެ. އަދި ފަރުވާ ފުރިހަމަކުރުމުން އަނބުރާ މުޖުތަމަޢަށް އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ދެއްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްޚަބަރު | 2 ގަޑިއިރު ކުރިންއޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންރައީސްގެ އެންގެވުމާ އެއްގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ "އޮޕަރޭޝަން އަލިމަގު" ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީޚަބަރު | 20 ގަޑިއިރު ކުރިން