logo
އޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަފާ
13 ނޮވެމްބަރު 2025 - 07:31
އޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށީ މިއަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޮޕަރޭޝަނުގައި މިހާތަނަށް 90މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ އެންގެވުމާ އެއްގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ "އޮޕަރޭޝަން އަލިމަގު" ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީޚަބަރު | 18 ގަޑިއިރު ކުރިންމަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދަށް ވަތް މަސް ބޯޓުން ހައްޔަރުކުރި 5 މީހުން ޝަރީއަށް ނިމެންދެން ބަންދަށްޚަބަރު | ދުވަހެއް ކުރިން