logo
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްBank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ އެންގެވުމާ އެއްގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ "އޮޕަރޭޝަން އަލިމަގު" ފަށައިފި

އާމިނަތު ޝަފާ
13 ނޮވެމްބަރު 2025 - 06:38
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށައިފިއެވެ.

މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއްކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްޚަބަރު | 41 މިނިޓު ކުރިންއޮޕަރޭޝަން އަލިމަގު: މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންރައީސްގެ އެންގެވުމާ އެއްގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ "އޮޕަރޭޝަން އަލިމަގު" ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީޚަބަރު | 19 ގަޑިއިރު ކުރިން