logo
Bank of Maldives

Bank of Maldives

ޚަބަރު

ޑޮލަރުން ލިބުނު އާމްދަނީ 38.5 އިންސައްތަ އިތުރުވެއްޖެ

އާމިނަތު ޝަފާ
17 ނޮވެމްބަރު 2025 - 04:49
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

ދައުލަތަށް މި އަހަރު ޑޮލަރުން ލިބުނު އާމްދަނީ 38.5 އިންސައްތަ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ޑޮލަރުން ލިބުނު އާއްމުދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިއަހަރު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 578 މިލިއަން ޑޮލަރު މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ލިބިފައިވެއެވެ.

އަދި އިންކަމް ޓެކްސްގެ ގޮތުގައި 126.7 މިލިއަން ޑޮލަ، ބިމު ކުލީގެ ގޮތުގައި 97 މިލިއަން ޑޮލަރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 100 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.2 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 119.8 މިލިއަން ޑޮލަރު މި އަހަރު ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަމަހު ގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށްޚަބަރު | ދުވަހެއް ކުރިންޑޮލަރުން ލިބުނު އާމްދަނީ 38.5 އިންސައްތަ އިތުރުވެއްޖެޚަބަރު | މަހެއް ކުރިން