logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަމަހު ގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށް

އައިޝަތު ނަޝާ
14 ޑިސެމްބަރު 2025 - 10:15
މިދިޔަމަހު ގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށް

ނޮވެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %37 އިތުރުވެފައި ވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ނޮވެމްބަރުމަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން 11 މަސްދުވަސްތެރޭ ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި ހިމެނެނީ 965 މިލިޔަން ޑޮލަރެވެ. މިއަދަދު މިއަހަރުގެ މި މުއްދަތުގައިވަނީ 1.3 ބިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %37ގެ ކުރިއެރުމެކެވެ.

މިއަހަރުތެރޭ ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ޓޫރިޒަމް ލޭންޑު ރެންޑެގެ ގޮތުގައި ލިބިފައިވާ އަދަދެކެވެ.

އެގޮތުން ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ،ޓީ- ޖީއެސްޓީ ގެ ގޮތުގައި 636 މިލިޔަން ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި 132 މިލިޔަން ޑޮލަރު
، އިންކަމް ޓެކްސް ގެ ގޮތުގައި 131 މިލިޔަން ޑޮލަރު ޑިޕާޗަރ ޓެކްސްއަށް 110 މިލިޔަން ޑޮލަރު އަދި އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 112 މިލިޔަން ޑޮލަރުގެ އިތުރުން ޓޫރިޒަމް ލޭންޑު ރެންޓަށް 100 މިލިޔަން ޑޮލަރު ހިމެނެއެވެ.

މިއަދަދުތަކުގެތެރެއިން އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްއަށެވެ. އެގޮތުން މި އަދަދު މިއަހަރުވަނީ 2 ގުނައަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 63 މިލިޔަން ޑޮލަރެވެ.

މީރާގެ ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހު ބަލައިގަތް އާމްދަނީގެތެރޭގައި 103 މިލިޔަން ޑޮލަރު ހިމެނެއެވެ. މި އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައި ހުރީ 84 މިލިޔަން ޑޮލަރުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަމަހު ގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށްޚަބަރު | 8 ގަޑިއިރު ކުރިންޑޮލަރުން ލިބުނު އާމްދަނީ 38.5 އިންސައްތަ އިތުރުވެއްޖެޚަބަރު | މަހެއް ކުރިން