logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
2 އޮކްޓޯބަރު 2024 - 14:49
ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް
ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

އިސްރާއިލުން އީރާނަށް ހަމަލާ ދިނުމާއި ގުޅިގެން ސުލްހަ ގާއިމްކުރުމަށް ގޮވާލެއްވުމުން ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މަގާމުން އިސްތިއުފާ ދިނުމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ގޮވާލައިފިއެވެ. އޭނާ މިފަދައިން ގޮވާލީ ސީއެންއެންގެ "ވުލްފް ބްލިޓްޒާ" ޕްރޮގްރާމް ގައި ވާހަކަ ދައްކަމުންނެވެ.

ނަފްތާލީ ހާމަކުރިގޮތުގައި ޔޫއެންގައި ގެންގުޅެނީ ޖަންގަލީގެ އުސޫލެވެ. ނަފްތާލީ ބުނީ އިސްރާއީލުން އީރާނަަށް މިހާތަނަށް އެއްވެސް ސިފައެއްގައި ހަމަލާ އެއްދީފައި ނުވާނެ ކަމަށާއި އީރާނުން އިސްރާއީލަށް ހަމަލާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ޔޫއެން އިން އަމަލު ކުރަނީ އިންސާފުގެ މަގުން އެއްކިބާވެގެން ކަމަށް ބުނެ ނަފްތާލީ ވަނީ ޔޫއެން އަކީ ބަލިކަށި ތަނެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

zfzdf.jpg

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް

ރޭ އީރާނުން ވަނީ ވައިގެ މަގުން އިސްރާއީލަށް 300 ހައިޕަސޮނިކް މިސައިލް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއްދީފައެވެ. އީރާނުގެ އަސްކަރީ އޮފިޝަލުން މައުލޫމާތު ދިންގޮތުގައި މިއީ އީރާނަށް ލިބިފައިވާ ގާބިލުކަމުގެ ކުޑަ އިންސައްތައެކެވެ. އިސްރާއީލަށް ފަސޭހަވާނީ ކުޑަކުދިންނާއި އަންހެނުންނަށް ހަމަލާ ދިނުމަށް ކަމަށާއި އީރާނުގެ ހައިޕަސޮނިކް މިސައިލްތައް ހުއްޓުވުމުގެ މާބޮޑު ގާބިލުކަމެއް އިސްރާއިލުގެ އަސްކަރިއްޔާއަށް ލިބިގެން ނުވާކަމަށް ވެސް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

AP24275630967333-1727805987.webp

އީރާނުގެ ހަމާލަތައް ދިފާއުކުރަން އަޔަން ޑޯން އިން މިސައިލްތައް ފޮނުވާލި މަންޒަރު ފޮޓޯ--/ އަލްޖަޒީރާ

 

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވާލި ގިނަ މިސައިލްތަކެއް އިޒްރޭލުގެ ވައިގެ އަސްކަރިއްޔާގެ މަރުކަޒުތަކުގެ ތެރެއަށް އަމާޒުވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ހަމަލާތައް ދިފާއު ކުރުމަށް އެމެރިކާގެ ދެ އަސްކަރީ މަތިންދާ ބޯޓާއި ވައިގެ މަގުން ތެޔޮ އަޅާ ޓޭންކަރެއް އިއްޔެ ބައިވެރިވި ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް ހަމަލާއެއްގައި އަމަލީ ގޮތުން ބައިވެރިވެފައިނުވާނެ ކަމަށާއި އެމެރިކާގެ ބޭނުމަކީ މިހަނގުރާމަ އިތުރަށް ގޯސްވިޔަ ނުދިނުން ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލާއި އިޓަލީ ވާދަކުރަންހަމަޖެހިފައިވާ މެޗާއި ދެކޮލަށް އިޓަލީގެ ޤައުމީ ޓީމު ޓްރެއިން ކުރާ ސަރަޙައްދުގައި ބޮޑު މުޒާހަރާއެއްކުޅިވަރު | 16 ދުވަސް ކުރިންއިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި ދުނިޔެ | މަހެއް ކުރިންމިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި ދުނިޔެ | މަހެއް ކުރިންއީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | 2 މަސް ކުރިން