logo
Bank of Maldives

Bank of Maldives

ޚަބަރު

2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފި

އާމިނަތު ޝަފާ
18 ނޮވެމްބަރު 2025 - 04:22
2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފި

ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ 2 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަނީ ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ފަތުރުވެރިކަމުގެ އެނދުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފުޅާކުރުމަށް މިހާތަނަށް ޖުމްލަ 6223 އެނދު ރަޖިސްޓްރީ ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިއުމުގެ ސިޔާސަތުގެ ތެރޭގައި ހިނެނިގެން ހދ. ނާގޯށި ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެހީތެރިކަން ދެއްވައިގެން މަސައްކަތް ފައްޓަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް، އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމޭއިރު ހުޅުވާނެކަމުގެ ޔަގީންކަން އެތަނުގެ އޯނަރުން ދެއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫޢެއްގައިވެސް ސޮއިކުރެވިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ހަންކެޑޭގެ މަޝްރޫޢަށްވެސް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާފައިވާ ލުއިތަކުގެ ތެރެއިން އެތައް ފަރާތަކުން ބިޑް ހުށައަޅައިގެން އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރާފައިވާއިރު ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން ހުރެގެން ނުވާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން އިޢުލާންކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިން2 އަހަރުގެ ތެރޭގައި ގްރޭޑް 10 ނިންމާ ކުދިން ފާސްވާ ނިސްބަތް 49 އިންސައްތައަށް މަތިކުރެވިއްޖެ: ރައީސް ޚަބަރު | 3 ގަޑިއިރު ކުރިން