logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން ހުރެގެން ނުވާނެ: ރައީސް

އާމިނަތު ޝަފާ
18 ނޮވެމްބަރު 2025 - 06:37
ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން ހުރެގެން ނުވާނެ: ރައީސް

ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ އޮތް "ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، މިނިވަންކަމުގެ ފަލަ، ރަތް ރޮނގު ހިމާޔަތްކުރުމަށްޓަކައި މުހިންމު ހުރިހާ ދާއިރާއަކުން ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް، މިހާތަނަށް ކުރެވިފައި ނުވާފަދަ މަސައްކަތްތަކެއް ފާއިތުވީ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް މި ރޮނގުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހީންގެ މިނިވަންކަމާއި، އަމިއްލަވަންކަމުގެ ޙިމާޔަތުގައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، މިހާތަނަށް ހޯއްދެވުނު ބައެއް ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޯސްޓްގާޑް ފްލީޓް ދެގުނައަށް ބޮޑުކުރުމާއި، މެރިންކޯގެ ޤާބިލުކަން އިތުރުކުރުމާއި، އެއަރކޯ އުފައްދަވާ، އެއަރކޯގެ ޤާބިލުކަން ވަރުގަދަ ކުރުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދިފާޢީ ބާރަކީ، ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެ ކަމަށާ، އާބާދީގައި މީސްކޮޅު މަދެއްކަމަކު، ކަނޑުގެ ސަރަޙައްދާއެކު ދިވެހިރާއްޖެއަކީވެސް މުއްސަނދި ތާރީޚެއް ލިބިފައިވާ، ބިޔަ، ބޮޑު ޤައުމެއްކަމަށާ، 24 ގަޑިއިރު، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ހިމާޔަތްކުރެވިފައި އޮތުމީ ހުރިހާ ރައްޔިތުންވެސް އެދޭނެ ގޮތް ކަމުގައި ޤަބޫލުފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ ދުވަސްތަކުގައި އެކަންނުކޮށް އޮތީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބުދެއްވައި، އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ.

އެގޮތުން އަސްކަރިއްޔާ ވަރުގަދަކުރައްވަނީވެސް މިނިވަންކަން ހިމާޔަތްކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ކަނޑާއި ވައިގެ މަގުން 24 ގަޑިއިރު ބެލެހެއްޓޭ ތަނެއްކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އެދޭ ފަރާތްތަކުންވެސް މިކަންކަމަށް ބައްލަވާނެތީކަމުގައި ވިދާޅުވިއެވެ.

ހަމަމިއާއެކު ދިވެހިރާއްޖޭގެ ދިފާޢީ އެއްބާރުލުމުގެ ވިއުގަ ފުޅާކުރުމަށްޓަކައި، ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް، އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ކުރެވިފައި ހުރިކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން ހުރެގެން ނުވާނެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން އިޢުލާންކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިން2 އަހަރުގެ ތެރޭގައި ގްރޭޑް 10 ނިންމާ ކުދިން ފާސްވާ ނިސްބަތް 49 އިންސައްތައަށް މަތިކުރެވިއްޖެ: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިން