ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ: ރައީސް
18 ނޮވެމްބަރު 2025 - 06:16
.jpg&w=3840&q=75)
ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް އިކޯ ސިޓީއެއްގެ ގޮތުގައި މި ސަރުކާރުން ތަރައްގީ ކުރާ ރަސްމާލެ އިން 25،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ ޔަގީންކަން ހޯދައިދޭނެކަމަށެވެ.

Ad by Hajj Corporation
ރައީސް މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ. މި މަސައްކަތް ވެގެންދާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ނިމުން އަންނާނެ މަސައްކަތްކަތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
3 އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ބޯހިޔަވަހިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ނިމި އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ފައިސާ ދައްކައި ނިންމާފައި ހުރި ބޮޑެތި ޑްރެޖަރުތައް އަންނަ ޑިސެމްބަރުގައި ރާއްޖެ ގެނެސް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި ރަސްމާލެ ހިއްކައި ނިންމާ، ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި، ޝަރުތު ހަމަވާ މީހުން ކަނޑައެޅޭ އިރު ބިންތައް ހިއްކައި ނިމޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.


