logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިސްޓަރު ޢަބުދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވެއްޖެ، ކަށުނަމާދު މަޣުރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ނޮވެމްބަރު 2025 - 09:37
މިނިސްޓަރު އައްޅޮބެގެ މަންމާފުޅު
މިނިސްޓަރު އައްޅޮބެގެ މަންމާފުޅު

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ޝަރީފާ މުޙައްމަދު (މ.ދިލޭރާމްގެ/މާލެ)، އުމުރުފުޅުން 83 އަހަރުގައި އަވަހާރަވެއްޖެއެވެ.

ޝަރީފާ މުޙައްމަދު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޢަބުދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ. ރައީސް ވަނީ މި ހިތާމައިގައި މިނިސްޓަރާއި އާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަށްވާފައެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެންނެވިއެވެ.

 

 

ޝަރީފާ މުޙައްމަދު އަކީ މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ އިތުރުން، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާޒިމް (ހެރިންސް އައްމަޑޭ)ގެ ވެސް މަންމާފުޅެވެ. މި ދެބޭފުޅުންނަށް ލިބުނު މި ބޮޑު ހިތާމައިގައި ގިނަ ބަޔަކު ދަނީ ތަޢުޒިޔާ ފޮނުވަމުންނެވެ.

މަރުޙޫމާ ޝަރީފާ މުޙައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި މޫނު ދެއްކުމުގެ ކަންކަން ވެސް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގައި ކަމަށް ވަނީ ހަމަޖެހިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިސްޓަރު ޢަބުދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވެއްޖެ، ކަށުނަމާދު މަޣުރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިޚަބަރު | 42 މިނިޓު ކުރިންޙައްޖުވެރިންގެ ކަންކަމުގައި ކުރިއެރުން: އެންމެ ބޮޑު ކުރިއެރުމަކީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނިގެންދިއުންޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ކުރަށްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް: ޝަހީމްޚަބަރު | 20 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުއްވައިދެއްވައިފިޚަބަރު | 21 ގަޑިއިރު ކުރިން