logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ކުރަށްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ނޮވެމްބަރު 2025 - 14:07
ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ކުރަށްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް: ޝަހީމް

 

ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން އެމަނިކުފާނު ފާހަގަކުރެއްވީ، މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް 'ދާރުލްއަރްޤަމް'ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ މުސްތަޤުބަލަށްޓަކައި، އިސްލާމީ ޚިދުމަތަށްޓަކައި މިފަދަ މަސައްކަތްތައް ކުރެެއްވުމަށް ޢަޒުމް ކަނޑައަޅުއްވާ ހިއްމަތާއެކު މަސައްކަތް ކުރައްވައި، އެމަނިކުފާނު އިސްލާމިކް މިނިސްޓްރީ އަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ބިންގާ އެޅުނު އިމާރާތުން ލިބޭ ނަފާއިން ޚަރަދުކުރެވިގެންދާނީ އިސްލާމީ ޚިދުމަތަށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް، މިސްކިތްތަކަށް އަދި ދީނީ ހުރިހާ ކަމެއް ހިމެނޭހެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 "އިރާދަކުރެއްވިޔާ ގިނަ ވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއް ނިމި މި ޢިމާރާތްތަކުގެ ބޭނުން މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މި މަގުން"  މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވެފަވެއެވެ.

މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ. ދާރުލްއަރްޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤްފު އިމާރާތަކާއި، މާލޭގައި ވެސް އިތުރު ވަޤުފު އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

 "މިއީ މުޅި ޤައުމު ބިނާ ކުރުމަށްޓަކައި ބޭންކުން އަޅުގަނޑުމެންނަށް ދޭ ވަރަށް ބޮޑު އެއްބާރުލެއްވުމެއް. މިއީ ހަޤީޤަތުގައި ރާއްޖޭގެ ބޭންކަކުން ދީނީ ކަމަކަށް ކުރާ އެންމެ ބޮޑު ހޭދަ" މި މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށްދޭ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސް (ބީއެމްއެލް އިސްލާމިކް) އަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވެފަވެއެވެ.

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގައި ޕާކިންގ އާއި ރިސެޕްޝަން ހުންނާނެއެވެ. އަދި ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ވެސް ޤާއިމް ކުރެވޭނެއެވެ. މި މަޝްރޫޢު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާކަމަށް ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިންރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ!ޚަބަރު | ދުވަހެއް ކުރިންވޯޓު ނިމިއްޖެ، އެކަމަކު ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދައިދެއްވުމަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ: ޝުޖާއުޚަބަރު | 2 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 2 ދުވަސް ކުރިން