logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ!

އައިޝަތު ނަޝާ
11 އޭޕްރީލު 2026 - 13:21
ރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން މިކަން ހާމަކުރި ނަމަވެސް، ރައީސް އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އެކި ދާއިރާތަކުން މަޝްވަރާތައް ކުރިއަށްދާއިރު، ހާއްސަގޮތެއްގައި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިސްކަންދެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އެ ގައުމުގެ މަސްވެރިކަމާ ބެހޭ މިނިސްޓަރާ ދެމެދު ދާދި ފަހުން ވަނީ މަޝްވަރާތައް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ދަތުރުފުޅުގެ އިންތިޒާމުތަކުގެ އިތުރުން މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 38 މިނިޓު ކުރިންރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ!ޚަބަރު | 3 ގަޑިއިރު ކުރިންވޯޓު ނިމިއްޖެ، އެކަމަކު ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދައިދެއްވުމަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ: ޝުޖާއުޚަބަރު | 21 ގަޑިއިރު ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | ދުވަހެއް ކުރިން