logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ސީ-ޓު-އެއަރ މެދުވެރިކޮށް 3،000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 07:04
ސީ-ޓު-އެއަރ މެދުވެރިކޮށް 3،000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި

ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ފެށިފަހުން އެ ހިދުމަތް މެދުވެރިކޮށް މިހާތަނަށް 3،000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި އެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މި ހިދުމަތް މެދުވެރިކޮށް 3،617 ޓަނުގެ ކާގޯ ވަނީ އުފުލާފަ އެވެ.

ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތާ 17 އެއާލައިނަކުން މިހާތަނަށް ގުޅިފައިވާއިރު ވައިގެ މަގުން 24 ގައުމަކަށް މިހާރު މުދާ ފޮނުވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިގުތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީ-ޓު-އެއަރ މެދުވެރިކޮށް 3،000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފިޚަބަރު | 26 މިނިޓު ކުރިން