logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އައިޝަތު ނަޝާ
24 ނޮވެމްބަރު 2025 - 07:59
މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ށ.މިލަންދޫ ފަރަށް މިދިޔަ އަހަރު އެރި ސިންގަޕޫރު ކުންފުންޏެއްގެ ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭއިން) ޖޫރިމަނާކުރީ، އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓުކަމުގެ ދަށުން ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްފައިވާ "ޝޭވް ލިން ޔޯން" (އައިއެމްއޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީއާރުއޭއިން ނެރުނު އިއުލާނެއްގައި ވަނީ އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޫބަރު 19ގައި ފަރުމަތިން ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ ނޮވެންބަރު ހަތަކާއި އަށެއްގައި، ފަރަށް އެރި ސަރަހައްދުގެ ޖޮއިންޓް ސާވޭއެއް ހަދާފައިވާ ކަމަށެވެ. އެ ސާވޭ ހެދީ، އެ ބޯޓުގެ ވެރިފަރާތުން އައްޔަނުކުރި ސާވޭޔަރުންނާ އެކީގައެވެ.

އެގޮތުން، ބޯޓު ފަރަށް އެރި ސަރަހައްދުގެ 477 އަކަމީޓަރު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށް އީއާރުއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާއަކީ، 12 މިލިއަން ރުފިޔާއެވެ.

އީއާރުއޭ އިން އިތުރަށް ބުނީ މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް، ބޯޓުގެ ވެރިފަރާތް ކަމުގައިވާ ސިންގަޕޫރު ކުންފުނި ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ބުދަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | ގަޑިއިރެއް ކުރިން