logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ނޮވެމްބަރު 2025 - 17:25
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވައިފި އެވެ.

ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު، އިދިކޮޅު ޕާޓީގެ ޗެއަރޕާރސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވީ އާދީއްދަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން ނިންމަވާލައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައްޔާޒު އިސްތިއުފާދެއްވިއިރު، އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވައި، ޕްރައިމަރީ މަސައްކަތަށް ޓީމު ވެސް ހައްދަވާފައެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނަވައިގެން ރިޔާސީ ރޭހަށް ނުކުންނަވާތީ، ޕްރައިމަރީ ކާމިޔާބު ކުރުމަށް އޭނާ އަށް މަގާމުގެ ނާޖާއިޒު ފައިދާ ލިބޭކަމަށްބުނެ އޭނާ އާއި ވާދަވެރި ޕާޓީގެ މެމްބަރުން ކުރިން ވަނީ ފާޑު ކިޔާފައެވެ.

އެހެންވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް ފައްޔާޒު ކުރިން ވިދާޅުވެފައި ވެ އެވެ.

ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ މެއި 23، 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | 5 ގަޑިއިރު ކުރިންޝާހިދަށް މަރުހަބާ ކިޔާށާއި ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެޚަބަރު | 19 ދުވަސް ކުރިން"ވަރަށް މަސައްކަތް ކުރެވިއްޖެ! ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން މީހުން ނުނިކުތް!" - ފައްޔާޒުޚަބަރު | 20 ދުވަސް ކުރިންޑޮލަރުގެ މައްސަލައިގައި އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ ނާމިޔާބީ، މިހާރު ފާޑުކިޔަނީ މާޒީގެ ހަގީގަތް ފޮރުވަން؟ރިޕޯޓް | 20 ދުވަސް ކުރިން