ޑޮލަރުގެ މައްސަލައިގައި އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ ނާމިޔާބީ، މިހާރު ފާޑުކިޔަނީ މާޒީގެ ހަގީގަތް ފޮރުވަން؟
4 ސެޕްޓެމްބަރު 2026 - 17:38

ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ޑޮލަރު ލިބެން ނެތުމުގެ ސަބަބުން އުފެދިފައިވާ ކަޅުބާޒާރެވެ. މިއީ އެތައް ޒަމާނެއް ވަންދެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ޤައުމީ ބޮޑު މައްސަލައެކެވެ.
ޑޮލަރު ރޭޓުގެ ތާރީޚް

Ad by Hajj Corporation
ދިވެހިރާއްޖޭގެ މާލީ ނިޒާމުގައި 1981 ގައި އެމްއެމްއޭ އުފެއްދުމުގެ ކުރިންނާއި ފަހުން ވެސް ޑޮލަރާއި ރުފިޔާގެ ރަސްމީ އެކްސްޗޭންޖް ރޭޓަށް ބަދަލުތައް ވަނީ އައިސްފައެވެ. އެގޮތުން 1977 ވަނަ އަހަރު، އިނގިރޭސި ޕައުންޑުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ދިވެހި ފައިސާ އެމެރިކާ ޑޮލަރާ ގުޅުވައިލެވުނީ ޑޮލަރެއް 3.93 ރުފިޔާގެ ރޭޓުންނެވެ.
އޭގެ ފަހުން 1 ޖެނުއަރީ 1987 ގައި ދިވެހި ރުފިޔާގެ އަގު ފުރަތަމަ ފަހަރަށް ރަސްމީކޮށް ޑިވެލުއޭޓްކޮށް، ޑޮލަރެއްގެ އަގު 7.00 ރުފިޔާއަށް ބަދަލުކުރިއެވެ. އަދި ހަމަ އެ އަހަރުގެ މާރިޗު 1 ގައި ގެނައި 'މެނޭޖްޑް ފްލޯޓް' ނިޒާމާއެކު މި ރޭޓު 8.00 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ދިޔައެވެ.
ދުވަސްތަކަކަށް ފަހު، 25 އޮކްޓޫބަރު 2001 ގައި ސަރުކާރުން ރަސްމީ ފިކްސްޑް ރޭޓް 12.85 ރުފިޔާއަށް މަތިކުރިއެވެ. އަދި އެންމެ ފަހުން 11 އެޕްރީލް 2011 ގައި ތައާރަފްކުރި 20 އިންސައްތައިގެ ފްލަކްޗުއޭޝަން ބޭންޑާއެކު ޑޮލަރުގެ އެންމެ މަތީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވެގެން ދިޔައެވެ. އެ ނިންމުމާއެކު ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރު ރޭޓް ހިމޭނަކުން ނޯތެވެ. ފާއިތުވި އަހަރު ތަކުގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދިޔައީ އުފެލެމުންނެވެ.
ޑޮލަރުގެ މައްސަލައަށް މި ސަރުކާރުން އުންމީދީ ހައްލެއް
ރާއްޖެ ދުށް އެއްވެސް ވެރިއަކަށް ހައްލުނުވެ އޮތް ބޮޑު މި މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ފެއްޓެވީ ދުރާލާ ދިރާސާކުރަށްވައި، ރައްޔިތުންނާއި ޤައުމަށް ހެޔޮ ވިސްނުންފުޅެއް އިސްކުރަށްވައިގެންނެވެ. މި ސަރުކާރުން ވަނީ އެހެން ސަރުކާރުތަކުން އަތްނުލައި ދޫކޮށްލި ބިދޭސީންގެ މައްސަލައާއި، ޑްރަގް މައްސަލައާއި، ގޭންގް މާރާމާރީގެ މައްސަލަ ފަދައިން ޑޮލަރުގެ މައްސަލަ ވެސް ހައްލުކުރުމަށް ހެޔޮނިޔަތުގައި މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ކުރަށްވަނީ ޢަދުލްވެރި، ހަރުދަނާ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ދެފުއްފެންނަ ގޮތަށެވެ. ކުރުކޮށް ދަންނަވާނަމަ މި ސަރުކާރުން އިސްކުރީ ޖުމްލަ ރައްޔިތުންނެވެ. އެކަމުގެ ނަތީޖާ މިއަދު ފެންނަން ފަށައިފިއެވެ. އެންމެން ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވާނެކަން މި ސަރުކާރުން ސާބިތުކޮށްދޭދިނުން ދެމެހެއްޓުމުގެ ހެޔޮ ނަތީޖާ ރައްޔިތު މީހާއާއި ހަމައަށް ވާސިލްވެއްޖެކަން ކަށަވަރެވެ. މިއަދު ޑޮލަރުގެ ކަޅު ބާޒާރު މުލުން ލުހެވި އެ މައްސަލަ ހައްލުވުމުގެ ފެހި ސިގްނަލް ވަށައިގެން ދަނީ ފެންނަމުންނެވެ.
އިދިކޮޅުން ޑޮލަރުގެ ކަޅުބާޒާރު ދަމަހައްޓަން ފޫގަޅާފައި
ނަމަވެސް ހިތާމައަކީ، މިއަދު އިދިކޮޅު ފަރާތްތަކުން އެއްވެސް ޒިމާދާރުކަމެއް، ގައުމީ ލޯތްބެއްނެތި ޑޮލަރު ކަޅު ބާޒާރު ދަމަހައްޓާން ފޫގަޅާފައި ވުމެވެ. އެވެރިންނަށް ނުވިކަމެއް އެހެން ބަޔަކަށް ވުމަށް ނޭދި އަމިއްލަ އެދުމުން ފޯވެފައިވާ މަންޒަރު ފެނުމަކީ ގައުމީ ލޮލުން ކަރުނަ ހިލިގެންދާ ކަމެކެވެ. އިދިކޮޅު ފަރާތްތަކުގެ ތެރެއިން ވެސް ހުނި ޖަހައިލެވެނީ ދެ ސަރުކާރަށް ހިންގަން ފުރުސަތުލިބި ގައުމީ އެންމެހާ މައްސަލައެއް ޗޮކުން ދިޔަ އިދިކޮޅު އެމްޑީޕީއެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަންތަކުގައި ކަންކުރިގޮތުން މިންވަރެއް ތިލަކޮށްލަން މާޒީގެ ތެރެއަށް ފީނަލާ ބަހީއެވެ. މިއަދު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، ޑޮލަރުގެ މައްސަލައިގައި މިހާރުގެ ސަރުކާރަށް އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، އެ ޕާޓީގެ ވެރިކަމުގެ މާޒީއަށް ބަލައިލުމުން ސާފުވަނީ މިއީ ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި މާޒީގެ ބޮޑެތި ނާކާމިޔާބީތައް ފޮރުވުމަށް ކުރާ ކަމެއް ކަމެވެ.
2011 ގެ ހަރުކަށި ސިޔާސަތާއި ބިރުދެއްކުން
2011 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން އިޚްތިޔާރުކުރީ ބޭރު ފައިސާ ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި އަދި ބިރުދެއްކުމުގެ ސިޔާސަތެކެވެ. އެގޮތުން 2011 މާރިޗު 29 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ނަމަވެސް އެކަން ހައްލުކުރައްވާނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ނަމަވެސް، އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް ގޮށްމުށުގެ ބާރާއި ފުލުހުންގެ ބޭނުންކުރުމުގެ މި ފަލްސަފާއަކީ އެއްވެސް ނަތީޖާއެއް ނެރުނު ކަމެއް ނޫނެވެ. ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، ދިވެހީންގެ އިޤްތިޞާދީ މައިދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ވިއްކާލަން ޖެހުމަކީ އެދުވަހު އެމްޑީޕީގެ ސިޔާސަތު ފެއިލްވި މިންވަރު ދައްކުވައިދޭ ހެއްކެކެވެ. އެއިރު އޮތް ރަސްމީ ޑޮލަރު ރޭޓު 12.85 އިން 15.42 މައްޗަށް ޖެއްސީ ވެސް ނަޝީދުގެ ވެރިކަމުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
2018 އިން 2023 އަށް: ވެރިކަން ނިމުނުއިރު ޑޮލަރުގެ އަގު މައްޗަށް
އޭގެ ދިހަ އަހަރު ފަހުން، 2018 އިން 2023 އަށް އެމްޑީގެ ދެވަނަ ވެރިކަމުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ޑޮލަރުގެ ކަޅުބާޒާރު އިންތިހާއަށް ފުޅާވެގެން ދިޔައިރު، އެކަމަކަށް ހައްލެއް ނުހޯދުނެވެ. ބާޒާރުގެ ޑިމާންޑާ އެއްވަރަށް ބޭންކުތަކުން ޑޮލަރު ދޫކުރަންޖެހޭނެ ކަމަށް ވަކާލާތު ކުރި ނަމަވެސް، ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީ އިޤްތިޞާދަށް އެކަށޭނަ ބޭރު ފައިސާ ނުހޯދި، ކަޅުބާޒާރު އިހުނަށްވުރެ ބޮޑަށް ހައްދުފަހަނައަޅައި ދިޔަ ފަހުންނެވެ.
ވެރިކަމުގެ ފުރިހަމަ ބާރާއި މެޖޯރިޓީ އޮވެގެން ވެސް ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދި ނާކާމިޔާބުވި ޕާޓީން މިއަދު އިދިކޮޅުގައި އޮވެ ސަރުކާރަށް ފާޑުކިޔުމަކީ ދެފުށްދެކެހެރި އަމަލެކެވެ. މިހާރުގެ ސަރުކާރުން ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، ރަސްމީ ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ ޤައުމީ މަސްލަޙަތަށްވުރެ އަމިއްލަ ސިޔާސީ އެދުން އިސްކުރުމެވެ.
ނާކާމިޔާބު ސިޔާސަތުތަކާއި ފޭލިވުންތައް ފޮރުވުމަށް އަޅާފައިވާ ފަރުދާއެއް
ޑޮލަރުގެ މައްސަލައިގައި އެމްޑީޕީން މިހާރުގެ ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަކީ އެ ޕާޓީގެ ވެރިކަމުގައި ހިންގުނު ނާކާމިޔާބު ސިޔާސަތުތަކާއި ފޭލިވުންތައް ފޮރުވުމަށް އަޅާފައިވާ ފަރުދާއެކެވެ. އިޤްތިޞާދީ ހަޤީޤަތަކީ، ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަކީ ސިޔާސީ ވާހަކަދެއްކުމުގެ ބަދަލުގައި ދުރުރާސްތާގެ އިޤްތިޞާދީ ހަރުދަނާ އިޞްލާޙުތަކަކުން ނޫނީ ހާސިލުކުރެވޭނެ ކަމެއް ނޫންކަމެވެ. އެހެންކަމުން މާޒީގެ ނާކާމިޔާބީތަކުގެ ޒިންމާ އުފުލުމުގެ ބަދަލުގައި، ސިޔާސީ އިލްޒާމު އެޅުވުމަކީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރެވޭ ބޭކާރު މަސައްކަތެކެވެ.

-01.jpg&w=3840&q=75)
