logo
MPL

MPL

ޚަބަރު

ޝާހިދަށް މަރުހަބާ ކިޔާށާއި ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެ

މެންދުރު ޓީމް
5 ސެޕްޓެމްބަރު 2026 - 18:08
ޝާހިދު ތިން އަންހެނުން ފެނިގެން ބިރުން ދުވަނީ، ފޮޓޯ: ޝާހިދުގެ ކެމްޕޭން ޕޭޖު
ޝާހިދު ތިން އަންހެނުން ފެނިގެން ބިރުން ދުވަނީ، ފޮޓޯ: ޝާހިދުގެ ކެމްޕޭން ޕޭޖު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކެމްޕޭން ކުރަށްވަމުން ގެންދަވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބުދުﷲ ޝާހިދު ކެމްޕޭނަށް ކުރާ ދަތުރުތަކުގައި މަރުހަބާ ކިޔުމަށާއި ޝާހިދުގެ ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެއެވެ.

ޝާހިދުގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލީހުގެ ކުރީގެ މެމްބަރަކު ވިދާޅުވީ ޝާހިދުގެ ކެމްޕޭނަށް ދަތިކުރުމަށް އެމްޑީޕީގެ ބާރު ގަދަ ފެކްޝަންތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''ސީދާ ސޯލިހް ފެކްޝަނާއި ނަޝީދާއި ފައްޔާޒު ފެކްޝަން ވާހަކަ މި ދެންނެވީ އިނގޭ، އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ އިނގޭ، އެމީހުންނަށް ވެސް މިކަން އަންގާލަންވާނެ އިނގޭ'' އިސްކޮޅުން ދިގު އާންމުކޮށް ބޯ ބާލައިގެން އުޅުއްވާ އެ މެމްބަރު އުތުރުގެ ރަށެއްގައި ހުންނަވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ''އިރާލާފައިވެސް ޝަހިދަށް ޓިކެޓް ހޯދައިދޭނެ'' ކަމަށާއި، ''ނަޝީދާއި، ފައްޔާޒު އަދި ސޯލިހް މެން ޖެހޭނީ ތެޅިތެޅި ތިބެން'' ކަމަށެވެ. އޭނާ ވިދާޅުވީ، ޝާހިދުގެ ކެމްޕޭނަށް އެހެން ފެކްޝަންތަކުން ދަތިކުރާތީ ޝާހިދު ހުންނެވީ ވަރަށް ނުރުހުންވެފައިކަމަށާއި، އައްޑޫ ކެމްޕޭނާއި ޚިލާފަށް އުތުރު ކެމްޕޭނަށް ޝާހިދުގެ ''ޖީބު ހުޅުވާލާފައިވާ'' ކަމަށެވެ. އަދި އެކަން އުތުރު ކެމްޕޭނުން ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބެލެވޭގޮތުގައި އޭނާ އެ ސިފަކުރެއްވީ ކުޅުދުއްފުށީ ސިޓީން ޝާހިދުގެ ކެމްޕޭނަށް މީހުން ނެރުނީ އިނާޔަތްދީގެން ކަމަށެވެ.

''ޝާހިދު ރިސީވް ކުރަން ނުދާން އެބަ އަންގާ، ސަލާން ނުކުރަން އެބަ އަންގާ، އެކުގައި ފޮޓޯއެއް ނެގިނުދޭން އެބަ އަންގާ، ވާހަކަދައްކާލަން މަޑުނުކުރަން އެބައަންގާ، ކެމްޕޭން ހަރަކާތަކުން ފެނިގެން ނުވާނެކަމަށް އެބައަންގާ، މިދެން ކިހާބޮޑު ނޮރޮހޮއްޕާނެއް'' އޭނާ އަމުނައިލިއެވެ.

އޭނާގެ މި ވާހަކަތަކުން އެމްޑީޕީގެ އެތެރޭގައި އޮތް ހޫނު މިހާރު ވަނީ އާންމު މެމްބަރުންނާއި ހަމައަށް ވާސިލްވެފައިކަން ހެކިކޮށްދެއެވެ.

ޝާހިދު މިވަގުތު ހުންނެވީ ކެމްޕޭނަށް ކުޅުދުއްފުށީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | 21 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 21 ދުވަސް ކުރިންއެމްޑީޕީ ޕްރައިމަރީ ކެންޑިޑޭޓުންގެ ވަނަވަރު، ސަޅި ދޯ!ރިޕޯޓް | މަހެއް ކުރިންމޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | މަހެއް ކުރިން