logo
MPL

MPL

ޚަބަރު

"ވަރަށް މަސައްކަތް ކުރެވިއްޖެ! ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން މީހުން ނުނިކުތް!" - ފައްޔާޒު

މެންދުރު ޓީމް
5 ސެޕްޓެމްބަރު 2026 - 09:21
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް - ފޮޓޯ: ސަން
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް - ފޮޓޯ: ސަން

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަގުމައްޗަށް މީހުން ނުނިކުންނަ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޗެއަރޕާސަންގެ މަޤާމުން އިސްތިއުފާ ދެއްވި ފައްޔާޒު މިހެން ވިދާޅުވީ، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 37 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މުޒާހަރާތަކަށް މީހުން ނެރުމަށްޓަކައި ޤައުމީ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އެއްވުންތަކަށް ޕާޓީގެ ޢާންމު މެންބަރުންގެ ފަރާތުން އެދެވޭ ތަރުޙީބެއް ނުލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޢާންމު މެންބަރުންނާ މެދު ނުރުހުން ފާޅުކުރައްވަމުން ފައްޔާޒު ވިދާޅުވީ، މުޒާހަރާއަށް ނުކުތުމަށް ޕާޓީގެ ލީޑަރޝިޕުންނާއި ޤައުމީ މަޖިލީހުގެ ބޭފުޅުން ގުޅުއްވުމުން، "ސަރުކާރު އަދި ގޯސް ނޫން ކަމަށް ބުނެ" ބައެއް މެންބަރުން މަޑުކޮށްލައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕާޓީއާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ކުޑަވެފައިވާކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތީ ބުރަ މަސައްކަތްތަކެއް ކަމަށާއި، ހަމައެކަނި މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށްގެން އެމްޑީޕީއަށް އަލުން އިތުބާރު ހޯދަންޖެހޭ ކަމަށް ވިދާޅުވެ، މިކަންކަމަށް ފުންކޮށް ވިސްނުމަށް ޤައުމީ މަޖިލީހުގެ މެންބަރުންނަށް އޭނާ ގޮވާލެއްވިއެވެ.

ފައްޔާޒު ޤައުމީ މަޖިލީހުގެ މެންބަރުންނަށް މިފަދަ މޭރުމަކުން ފާޑުވިދާޅުވި ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ، ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ފައްޔާޒެވެ. އަދި ވެރިކަން ގެއްލުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތާޢީދާއެކު އަލުން ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި އިޤްތިޞާދީ ވަޒީރުގެ މަޤާމުގައި ފައްޔާޒު އަދި ފިނޭންސް މިނިސްޓަރުގެ މަޤާމުގައި އިބްރާހީމް އަމީރު ތިއްބަވައިގެން ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ދަށަށްގޮސް، ޕާޓީއަށް ވެރިކަން ގެއްލުމުގެ މައިގަނޑު ސަބަބަކަށް އެ ބޭފުޅުން ވެގެންދިޔަ ކަމަށް އެމްޑީޕީގެ ގިނަ ޢާންމު މެންބަރުން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | 4 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 4 ދުވަސް ކުރިންމޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | 11 ދުވަސް ކުރިންއެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | 12 ދުވަސް ކުރިން