logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ހަތަރު މަސާޖު ޕާލަރ އަކުން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

ޢައްފާން މުޙައްމަދު
10 ޑިސެމްބަރު 2025 - 06:55
މާލޭގެ ހަތަރު މަސާޖު ޕާލަރ އަކުން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ހިންގާ ހަތަރު މަސާޖު ޕާލަރ އަކުން ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އަންގާރަ ދުވަހުގެރޭ، މާލޭގައި ހިންގަމުންދިއަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް، މި ރެއިޑުގެ ތެރެއިން ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ހަމައެހެންމެ އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި, ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވަނީ އަޅާފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މީގެ ދުވަސްތަކެއް ކުރިން އެ ފަރާތްތަކުން މީސްމީޑިއާގެ މަންސަ ތަކުގައި ވެސް އެމީހުންގެ ވިޔަފާރި އެކި ގޮތްގޮތުން އިސްތިހާރުކުރެއެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާ ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެ އިސްތިހާރުތައް އެއްކޮށްހެން ވަނީ ހުއްޓިފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ހަތަރު މަސާޖު ޕާލަރ އަކުން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއެއް ހައްޔަރުކޮށް، އިތުރު 3 ބިދޭސީއަކަށް ނޯޓިސް ދީފިޚަބަރު | ދުވަހެއް ކުރިންއާންމު ސާފުތާހިރުކަމަށް ނުބަލާ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ 18 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންހުއްދަ ނުނަގާ، ދުންފަތް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފިޚަބަރު | 7 ދުވަސް ކުރިން