logo
Bank of Maldives

Bank of Maldives

ޚަބަރު

ހުއްދަ ނުނަގާ، ދުންފަތް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި

އިސްމާޢިލް ރާތިޢު
3 ޑިސެމްބަރު 2025 - 12:00
ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން

ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ މީހުން ހޯދަން ހިންގި އޮޕަރޭޝަނުގައި ހަ ތަނެއް ބަލައި ފާސްކޮށް، ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި އެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ބަންދުކުރި ތަނުން މީހަކު ހައްޔަރުކުރި ކަމެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތުގެ ބާވަތްތައް މިހާރު ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި އެދިފަ އެވެ.

އެފަދަ ވިޔަފާރިތައް ރިޕޯޓުކުރަން އިއުލާންކުރިތާ 14 ގަޑިއިރު ތެރޭގައި 29 ތަނެއް ރިޕޯޓުކޮށްފައިވާ ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވާފައި ވެއެވެ. ފާހަގަކޮށްލެވޭ ގޮތުން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި،  ނުސާފުތާހިރު މާހައުލެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންދިޔަ ދެމީހެއް ހައްޔަރުކޮށްފައިވެއެވެ.

މި ސަރުކާރު އައިފަހުން އަންނަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ އެތައް ފިޔަވަޅެއް އަޅަމުންނެވެ. އެގޮތުން، ނުގަވައިދުން އުޅެމުން އަންނަ ބިދޭސީން ހޯދާ، އެމީހުން ނިޒާމުގެ ތެރެއަށް ވެއްދުމަށް ނުވަތަ އަނބުރާ ގައުމަށްދާން ބޭނުންވާ މީހުން ފޮނުވާލުމަށް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މީގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ، އީ-ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި މި މުއްދަތުގައި ބަޔޯމެޓްރިކްސް ނުދޭ މީހަކު ފާހަގަވެއްޖެ ނަމަ، އެމީހަކު ވަގުތުން ޑީޕޯޓުކޮށްލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފިޚަބަރު | 2 ދުވަސް ކުރިންބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | 2 ދުވަސް ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | 2 ދުވަސް ކުރިންފަހު ދިހައެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިޚަބަރު | 4 ދުވަސް ކުރިން