logo
Bank of Maldives

Bank of Maldives

ޚަބަރު

ފަހު ދިހައެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފި

ޒިދާން މުޙައްމަދު
8 މާރިޗު 2026 - 11:55
އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް -- ފޮޓޯ/ ސަން އޮންލައިން
އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް -- ފޮޓޯ/ ސަން އޮންލައިން

މި ހިނގާ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ދޭނެ ގަޑިތައް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މާލެ އަދި ހުޅުމާލޭގެ އޮފީސްތަކުން ޕާސްޕޯޓާ ޙަވާލުވުމަށް ނަންބަރު ދޫކުރާނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00 އަށެވެ. މި ޚިދުމަތަށް ނަންބަރު ދޫކުރާނީ، "ކިޔުބީ" އެޕް މެދުވެރިކޮށެވެ. ހުކުރު ދުވަހު މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 09:15 އިން 11:00 އަށެވެ.

އެހެނިހެން ސިޓީތަކުގައި ޕާސްޕޯޓް ދޫކުރާ ދުވަސްތައް

Ad by Hajj Corporation

Ad by Hajj Corporation

  • ކުޅުދުއްފުށި ސިޓީ: މާރިޗު 9، 10، 15، 16 އަދި 17
  • ފުވައްމުލަކު ސިޓީ: މާރިޗު 10، 15 އަދި 17
  • ތިނަދޫ ސިޓީ: މާރިޗު 9، 12 އަދި 19
  • އައްޑޫ ސިޓީ: ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 09:15 އިން 12:00އަށް

މީގެ އިތުރުން ހއ. ދިއްދޫ، ލ. ފޮނަދޫ، ދ. ކުޑަހުވަދޫ، ށ. ފުނަދޫ އަދި ބ. އޭދަފުށީގައި ކަނޑައެޅިފައިވާ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ޚިދުމަތް ދޭނެއެވެ.

ވިސާ އަދި އެންފޯސްމަންޓް ޚިދުމަތް

އީ-ވިސާއަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެއެވެ. ސްޓާ ކްލައުޑްގެ 8 ވަނަ ފަންގިފިލާގައި ހުންނަ ވިސާ އޮފީސް ހުޅުވާފައި ހުންނާނީ، އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. އެންފޯސްމަންޓް އަދި ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނެއެވެ.

ސީޕޯޓް ޚިދުމަތްތައް

ސީޕޯޓް ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ދާނެއެވެ. އެއީ، ފަތިހު 05:30 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން ހަވީރު 17:30 އަށެވެ. އަދި ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. ހުކުރު ދުވަހު ޚިދުމަތް ދޭނީ، މެންދުރުފަހު 14:30 އިން 17:30 އަށް، ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. އަދި ފަތިހު 05:30 އިން ހެނދުނު 08:00 އަށެވެ. އަތޮޅުތެރޭގެ ސީޕޯޓު އޮފީސްތައް ކަމަށްވާ ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ އޮފީސްތައް ހުޅުވިފައި ހުންނާނީ، 09:00 އިން 13:00 އަށެވެ.

މި ބަދަލުތަކަކީ، ސަރުކާރުން މިއަހަރުގެ ރޯދަ މަހުގެ ފަހު ދިހަ ދުވަސް ބަންދު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައެޅުއްވުމުން ގެނައި ބަދަލުތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހު ދިހައެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ އެކަނިވެސް 60 ބިދޭސީއަކާ ސުވާލުކޮށްފިޚަބަރު | 15 ދުވަސް ކުރިންގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | 25 ދުވަސް ކުރިންބިދޭސީންގެ މައްސަލައަށް ނިމުމެއްނެތް؟ އަނެއްކާވެސް 15 މީހަކު ހައްޔަރަށްޚަބަރު | މަހެއް ކުރިން