logo
Bank of Maldives

Bank of Maldives

ޚަބަރު

ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފި

މަރިޔަމް މާޙީ
25 އޭޕްރީލު 2026 - 04:45
ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފި

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިފްތިތާޙްކޮށްފައިވާ "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން، ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ގެނެވުނު އިސްލާހާއެކު، ސިސްޓަމްގެ ޑޭޓާބޭސްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް، ވިސާ އަށް އެދޭ ފަރާތްތަކުން އަލުން ފުރާކަށް ނުޖެހޭނެ އެވެ. ޕާސްޕޯޓުގެ މައުލޫމާތާއި، ރާއްޖޭގައި މަޑުކުރާ ތަނުގެ ތަފުސީލު ފަދަ މުހިންމު މައުލޫމާތުތައް މިހާރު ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެ އެވެ. މީގެ ސަބަބުން ވިސާ އަށް އެދި ހުށަހެޅުމުގެ މަރުހަލާ ކުރިއަށްވުރެ ބޮޑަށް އަވަސްވެ، ފަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި ޕާސްޕޯޓް ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑް ކުރުމުން، ބޭނުންވާ މައުލޫމާތުތައް ސިސްޓަމުން އަމިއްލައަށް ދެނެގަނެ ފުރިހަމަކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ވިސާ އަށް އެދޭ ފަރާތްތަކުން ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހާއްސަ ހާލަތްތަކެއްގަ އެވެ. އެއީ ޕާސްޕޯޓު އާކޮށްފައިވާނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާނަމަ އެވެ. މީގެ އިތުރުން، ރާއްޖޭގައި ތިބޭ މުއްދަތުގައި ހުންނަ ތަން ބަދަލުވެފައިވާނަމަ، އެ މައުލޫމާތު ސީދާ އެޕްލިކޭޝަން ފޯމުގެ ތެރެއިން އިސްލާހު ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފަ އެވެ.

ވިސާގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް ނިންމުމަށް ހޭދަވާ ވަގުތު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކުރުކޮށްފަ އެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި ވިސާގެ މަސައްކަތް ނިންމައިދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން އިތުރަށް އިލްތިމާސްކުރީ ވިސާ ލިބިފައިވާ ފަރާތްތަކުން، ވިސާގެ ޝަރުތުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ދޫކޮށްފައިވާ ހުއްދައިގެ މިންގަނޑުގެ ތެރޭގައި އުޅުމަށެވެ.

މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިޚަބަރު | 4 ގަޑިއިރު ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 2 ދުވަސް ކުރިންއިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅޭނެ!ޚަބަރު | 13 ދުވަސް ކުރިންބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފިޚަބަރު | މަހެއް ކުރިން