logo
MPL

MPL

ޚަބަރު

ފަތުރުވެރިން ޒިޔާރަތްކުރިން އަދަދު 1.3 މިލިއަނަށް، ގިނައީ ޒުވާން އަންހެނުން

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 07:01
ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: ވީއައިއޭ
ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: ވީއައިއޭ

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް އޮގަސްޓު މަހުގެ ތެރޭގައި ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވާން ފަށާފައިވާއިރު، މި މަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ޒުވާން އުމުރުފުރައިގެ އަންހެނުންނެވެ. އެގޮތުން 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި އެހެން ހުރިހާ އުމުރުފުރާތަކެއްގައިވެސް ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު ގިނައެވެ. ޖުމްލަ ފަތުރުވެރިންގެ 14 އިންސައްތައަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. ދެވަނައަށް އެންމެ ގިނައީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން ކަމަށްވާއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ 11.8 އިންސައްތައެވެ. އަދި ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ފިރިހެން ފަތުރުވެރިންނަށް ބަލާއިރުވެސް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ ޒުވާން އުމުރުފުރައިގެ މީހުންނެވެ.

ވަކިވަކި މާކެޓުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ އަދި ރަޝިއާއިންނެވެ. މި ދެ ގައުމުގެ ކޮންމެ ގައުމަކުންވެސް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައިޚަބަރު | 2 ގަޑިއިރު ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | 2 ދުވަސް ކުރިންރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސަންޓް ތިބީ ގެސްޓްހައުސްތަކުގައިޚަބަރު | 5 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 6 ދުވަސް ކުރިން