logo
MPL

MPL

ޚަބަރު

ފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައި

އަޙުމަދު ރަމީޒު
10 އޮކްޓޯބަރު 2026 - 04:57
ފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައި

ފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު، އޮޕަރޭޝަންގައި ހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 1،293 ގައި ހުރީ 68،733 އެނދެވެ.

މީގެ ތެރެއިން އޮޕަރޭޝަންގައި ހުރި ޓޫރިސްޓުންނަށް ހިދުމަތް ދޭ 1،289 ފެސިލިޓީގައި ހުރި އެނދުގެ އަދަދަކީ 68،013 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޕަރޭޝަންގައި ހުރި ޓޫރިޒަމް އެނދުގެ އަދަދު

  • 180 ރިސޯޓް - 45،171 އެނދު
  • 927 ގެސްޓްހައުސް - 16،822 އެނދު
  • 16 ހޮޓާ - 2،654 އެނދު
  • 166 ޓޫރިސްޓް އުޅަނދު - 3،366 އެނދު

ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،642،478 ދަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ ތެރޭގައި 1،611،434 ފަތުރުވެރިންނާއި ބިޒްނަސް ވިސާގައި ޒިޔާރަތްކުރި 15،461 މީހުންގެ އިތުރުން ކްރޫޒްލައިނާތަކުގައި ޒިޔާރަތްކުރި 15،583 މީހުން ހިމެނެ އެވެ.

ރިސޯޓުތަކުގައި 1،188،689 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ގެސްޓްހައުސްތަކުގައި 352،544 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ހޮޓާތަކުގައި 36،869 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 30،678 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ 99 ޕަސެންޓް އެނދު އޮޕަރޭޝަންގައިޚަބަރު | ގަޑިއިރެއް ކުރިންރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސަންޓް ތިބީ ގެސްޓްހައުސްތަކުގައިޚަބަރު | 4 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 6 ދުވަސް ކުރިންފަތުރުވެރިން ޒިޔާރަތްކުރިން އަދަދު 1.3 މިލިއަނަށް، ގިނައީ ޒުވާން އަންހެނުންޚަބަރު | 2 މަސް ކުރިން