ރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސަންޓް ތިބީ ގެސްޓްހައުސްތަކުގައި
5 އޮކްޓޯބަރު 2026 - 18:31

ރާއްޖެއަށް މިއަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން ބާވީސް ޕަސަންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ތިންލައްކަ ސާޅީސްފަސްހާސް ދުއިސައްތަ ބާވީސް (345،220) ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ހޮޓާ ތަކުގައި ތިރީސްހަހާސް އެއްސަތޭކަ ހަ (36،106) ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު އޮނަތިރީސްހާސް ހަސަތޭކަ ހަތްދިހަ ނުވަ (29،679) ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީތަކުގައެވެ.
އަދި އެއްމިލިއަން އެއްލައްކަ ފަންސާސް އަށްހާސް ހަތަރު ސަތޭކަ ހަތަރު (1،158،404) ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމިލިއަން ހަލައްކަ އަށާވީސްހާސް ހަތަރުސަތޭކަ ނަވާރަ (1،628،419) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.3 ޕަސަންޓް ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ އެއްމިލިއަން ހަލައްކަ އައްޑިހަ ހަތަރުހާސް ހަތްސަތޭކަ ތިރިސް ފަސް (1،684،735) ފަތުރުވެރިންނެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާ އިންނެވެ.
އެގޮތުން ޗައިނާއިން ތިންލައްކަ ނުވަސަތޭކަ ހަތްދިހަ ހަތް (300،977) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިޓަލީންނެވެ. އެއީ ނުވަދިހަ އައްހާސް ތިރިސް ނުވަ (98،039) ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން މިވަގުތު ނުވަސަތޭކަ ހަތާވީސް (927) ގެސްޓްހައުސްއެއް ހިންގަމުންދާއިރު މިތަންތަނުގެ ބެޑު ކެޕޭސިޓީއަކީ ސޯޅަހާސް އައްސަތޭކަ ދިހައެކެވެ (16،810)
ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު ހަތްހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ (7،962) އެނދާއެކު އެންމެ ގިނަ ބެޑް ހުރީ ކ. އަތޮޅުގައެވެ.

-01.jpg&w=3840&q=75)
